މެލޭޝިޔާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން އިންތިޒާމްކޮށްގެން 14 ނޮވެމްބަރ 2026ވީ ހޮނިހޮރު ދުވަހު 'އިލްމީ ދޯދި-މެލޭޝިޔާ'ގެ ނަމުގައި ފުރަތަމަ ފަހަރަށް ކުއާލަލަންޕޫރުގައި ހަފްލާއެއް ބާއްވައިފިއެވެ. މި ހަފްލާ ބޭއްވުނީ ދިވެހިރާއްޖޭގެ ޖުމްހޫރީދުވަހުގެ މުނާސަބަތާގުޅިގެން މެލޭޝިޔާގައި ދިރިއުޅޭ ދިވެހި ކޮމިއުނިޓީއަށް އަމާޒުކޮށްގެންނެވެ.
މި ހަފްލާގެ މަޤްސަދަކީ މެލޭޝިޔާގައި ކިޔަވާ ދިވެހި ދަރިވަރުންނަށް އިސްލާމީދުނުގެ މުހިންމު މައުލުމާތުދީ އެކުދީންގެ ހިތްތަކުގައި އިސްލާމްދީނަށް އޮންނަ ލޯބި އިތުރުކުރުމެވެ. ހަފްލާ އިންތިޒާމް ކުރުމުގައި އިސްލާމީ ކަންތައްތަކާއި އައުޤާފާބެހޭ ވުޒާރާއިން ހައިކޮމަޝަން އެހީތެރިކަން ފޯރުކޮށްދެއްވާފައިވެއެވެ.
ހަފްލާގައި އެކި އުމުރުފުރާއަށް ބަހާލައިގެން ކިޔަވާ ކުދީންނަށާއި ބޮޑެތިމީހުންނާށް ދީނީ ސުވާލު މުބާރާތެއް ބޭއްވުނެވެ. މި ސުވާލު މުބާރާތުން ވަނަތަކަށް އައިފަރާތްތަކަށް އިނާމު ދެވުނެވެ.
މީގެ އިތުރުން، މި ހަފްލާގައި ކުޑަކުދީންނަށް ނަމާދުކުރާގޮތް ކިޔައިދެވުނެވެ. އަދި ދިވެހި ކޮމިއުނިޓީއާ މުޚާތަބްކުރައްވައި ޝެއިޚް އަލީ ނިޝާމް ވާހަކަ ދެއްކެވިއެވެ. ޝެއިޚްގެ ވާހަކައިގައި ނަމާދު ކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލި އަޅުވާލެއްވި އެވެ. އަދި އެކި ހާލަތްތަކުގައި ނަމާދުކުރާނެ ގޮތާއި ވުޟޫ ކުރާނެގޮތުގެ މަޢުލޫމާތު ދެއްވިއެވެ. މި ހަފްލާގައި ބައިވެރިވެ ވަޑައިގެންނެވި ފަރާތްތަކުން ނަމާދާ ބެހެގޮތުން ކުރެއްވި ސުލާލުތަކަށްވެސް ޝައިޚް ޖަވާބު ދެއްވިއެވެ.
ރައިސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުއިޒުގެ ރިޔާސީ ވަޢުދުތަކުގެ ތެރެއިން 'އިސްލާމީ ނޫރާއި ދީނީ އަޤީދާ' ކިޔަވާ ދަރިވަރުންންގެ މެދުގައި ހޭލުންތެރިކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ހިމެނޭ ކަމެއްގެ ގޮތުގައި މިހަފްލާ ފާހަގަކުރެވެއެވެ.
ހަފްލާ ނިންމާލެވުނީ ލަކީ ޑްރޯއެއް ނެގުމާއި އަދި ދިވެހި ކާތެކި ހިމެނެ ރޭނގަޑުގެ ފަރިއްކޮޅަކަށް ފަހުގައެވެ.