ސުއިޒާ
ހިނގާ އިރު، ހީނލާ އިރު ނޫނީ ކެއްސާ ކިނިބިހި އަޅާއިރު ކުޑަކަމު ދެވޭނަމަ މި ރެސިޕި ތައްޔާރު ކޮށްލައްވާށެވެ.
ބޭނުންވާނެ ތަކެތި:
ރޯސްމެރީ
ކޭމޮމީލް (ބަބުނަ)
ސްޓާރ އެނިސް( ތަރި ދަމުއި)
ކަރަންފޫ
ފެން
ހެޔޮވަރު ވަރަކަށް ފެން، ތެއްޔަކަށް އަޅާލުމަށްފަހު މި ހުރިހާ އެއްޗަކުން މިންވަރެއް އަޅާލައިގެން ކުލަ އަންނަ ވަރަށް ކައްކައިލާށެވެ. އަދި ތާފަނާކޮށް ދުވާލަކު ދެ އިރު ބޯލާށެވެ.
މީގެ ސަބަބުން ބްލެޑާރ އިތުރަށް ބާރުގަދަ ކޮށްދެއެވެ. އެހެން ކަމުން އިޚްތިޔާރަކާ ނުލައި ކުޑަކަމުނެ ދިޔުން ކޮންޓްރޯލް ކޮށްދެއެވެ. މީގެ އިތުރުންވެސް އިންފްލެމޭޝަން ދަށް ކޮށްދެއެވެ.
- މަޢުލޫމާތު: ޞިއްޙީ ޚަބަރު