ﷲ ތަޢާލާގެ ޙަޟްރަތާ ބައްދަލުވުން ލަސްވާތީ ކަންބޮޑުވާނެ މީހަކަށް ވެވިއްޖެނަމަ އެއޮތީ އާޚިރަތް ކާމިޔާބުކުރެވިފަ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 16ސ
ﷲ ތަޢާލާގެ ޙަޟްރަތާ ބައްދަލުވުން ލަސްވާތީ ކަންބޮޑުވާނެ މީހަކަށް ވެވިއްޖެނަމަ އެއޮތީ އާޚިރަތް ކާމިޔާބުކުރެވިފަ! އިން ޝާ ﷲ

ޢާންމު ގޮތަކަށް ބަލާނަމަ އެއްވެސް މީހަކީ އަވަހަށް މަރުވަން އެދޭނެ މީހެއް ނޫނެވެ. ކޮންމެ މީހަކީވެސް މަރުވާނެ މީހަކުކަމާއި ތިމާވެސް މަރުވާނެކަން އެނގޭއިރުވެސްމެއެވެ. އަދި އާންމު ގޮތެއްގައި ގިނަބައެއްގެ އެންމެ ދިގުޢުމަރަކީ 100 ވަރަކަށް އަހަރުކަމާއި އެހައި ދުވަހު ދުނިޔޭގައި ހުރެވެނީވެސް ވަރަށް މަދު މީހަކުކަން އެނގޭއިރުވެސްމެއެވެ.  

ތިމާއަށް މިހައި ދުވަހު ދުނިޔޭގައި އުޅެވިއްޖެއޭ ދެން މަރުވިޔަސް މައްސަލައެއް ނެތޭ ބުނާ މީހުން އެހަދަނީ ދޮގެކެވެ. ކިތަންމެ ކުޑަކުޑަ ބައްޔެއްވިނަމަވެސް މަރުވެދާނެތީ ބިރުން ތެޅިފޮޅެމުން ޑޮކްޓަރުންގެ ގާތަށް ގޮސް ކަންބޮޑުވެގެން އުޅޭތީއެވެ.  

އެހެނަސް މަރުވެދާނެތީ ކަންބޮޑުނުވާ ބައަކު އުޅޭނެއެވެ. އެއީ އެމީހުންގެ ހިތުގައި ﷲ ތަޢާލާ އާއި ބައްދަލުވުމަށް އޮންނަ ލޯބި ބޮޑުކަމުން އަވަހަށް ﷲ ތަޢާލާ އާއި ބައްދަލުވުމަށް އެދޭތީއެވެ. އެފަދަ މީހަކަށް ވެވޭނީ ތަޤްވާވެރިކަމުގައި ޘާބިތުވެ ހުރެ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން ގަދައަޅައި މަސައްކަތްކުރާ މީހަކަށް ވެވިގެންނެވެ.  

ދެން އޮތީ މަރުވެދާނެކަމަށް އެންމެ ބޮޑަށް ބިރުގަންނަ މީހުންނެވެ. އެއީ މުނާފިޤުންނެވެ. އެމީހުން އެންމެ ބޮޑަށް ބޭނުންނުވާނެ ކަމަކީ ﷲ ތަޢާލާގެ ޙަޟްރަތާއި ބައްދަލުވުމެވެ. ސަބަބަކީ އެމީހުންގެ ޙަޤީޤަތް ﷲ ތަޢާލާ ދެނެވޮޑިގެންވާކަމާއި އެމީހުންނަށް ހުރީ ނަރަކައިގެ އެންމެ ގަދަފަދަ ޢަޛާބުކަން އެމީހުންނަށް އެނގޭތީއެވެ.  

ލޮބުވެތި އެކުވެރިންނޭވެ! މުނާފިޤަކަށް ނުވާށެވެ. މުނާފިޤުންގެ ކިބައިން ފެންނާނެ އެއްވެސް ސިފައެއް ތިމާގެ ގައިގައި ހުރިޔަ ނުދޭށެވެ. މުނާފިޤުން ތިބޭނީ ނަރަކައިގެ އެންމެ އަޑީގައެވެ. އެންމެ ގަދަފަދަ ޢަޛާބު ދެއްވަވާނީ މުނާފިޤުންނަށް ކަމުގައިވާތީއެވެ.

 

- ޝައިޚް މުޙައްމަދު ބާޖައުރުގެ ދަރުސަކުން

މިއަދު އޮންލައިން