އެންމެ ފަހަރަކު ނަމަވެސް ވިސްނާލަމުތަ؟ ކަމެއް ދިމާވާއިރަށް ކަންބޮޑުވެވެނީ އެކަމުން ކުރާނެ ފައިދާ މިހާބޮޑުކަން ނޭނގޭތީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 1ސ
އެންމެ ފަހަރަކު ނަމަވެސް ވިސްނާލަމުތަ؟ ކަމެއް ދިމާވާއިރަށް ކަންބޮޑުވެވެނީ އެކަމުން ކުރާނެ ފައިދާ މިހާބޮޑުކަން ނޭނގޭތީ!

ކިތަންމެ ކުޑަކުޑަ ކަމެއް ކުރިމަތިވިނަމަވެސް ފިކުރު ބޮޑުވެ ހާސްވާ މީހުން އަހުރެން ބުނެދޭ ކަންކަމަށް އެންމެ ފަހަރަކު ނަމަވެސް ނިކަން ވިސްނަިލަބަލާށެވެ! ވިސްނާލައިފިނަމަ ތިބާގެ ވިސްނުން ބަދަލުވެގެންދާނެއެވެ.  

ތިބާ ދުވަހަކުވެސް ތަދު އިހްސާސް ނުކުރާނަމަ، އަދި މައްސަލަތައް ތަހައްމަލް ކުރަން ނުޖެހޭނަމަ، ﷲ ތަޢާލާއީ ކަންކަން ފަސޭހަ ކޮށްދެއްވަވާ ފާރާތްކަން ތިބާއަށް އެނގޭނީ ކިހިނަކުންހޭ؟ 

ތިބާ ދުވަހަކުވެސް ކުށެއް ނުކުރާނަމަ، ﷲ ތަޢާލާއީ މަޢާފަދެއްވާ ފަރާތްކަން ތިބާއަށް އެގެނީ ކިހިނަކުންހޭ؟  

ތިބާ ދުވަހަކުވެސް ވޭން ނާޅާނަމަ، ﷲ ތަޢާލާއީ ލުއިކޮށްދެއްވާ ފަރާތްކަން ތިބާއަށް އެނގެނީ ކިހިނަކުންހޭ؟  

ތިބާގެ ހަޔާތް އެންމެ ފުރިހަމަ ނަމަ، ތިބާ ﷲ ތައާލާއަށް ބޭނުންވަނީ ކިއްވެގެންހެއްޔެވެ؟

ﷲ ތަޢާލާ އަހުރެމެންނަށް ދެއްވަވާ ނިޢުމަތްތަކާއިމެދު އަދި ކުރިމަތިކުރައްވަވާ ތަކްލީފްތަކާއިމެދު ހަމައެކަނި މިކަންކަމަށް ވިސްނައިލިނަމަވެސް ފިކުރު ބޮޑުވުމާއި ހާސްކަން ފިލައިގެންދާނެއެވެ. އިން ޝާ ﷲ  

ހަޤީޤަތަކީ ދުނިޔޭގެ ޙަޔާތުގައި ކުރިމަތިވާ ކޮންމެ ތަކްލީފަކީވެސް ރަޙްމަތެއް ކަމެވެ. އެކަމުން އެމީހަކަށް ފައިދާތަކެއް ކުރާނެ ކަމެވެ. ކެތްތެރިވެވޭނީވެސް ޝުކުރުވެރިވެވޭނީވެސް މިކަންކަން ޤަބޫލުކުރެވޭ މީހަކަށެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން