މަޑިހާކުންފުނީގެ ފަރާތުން ހިންގާ އުފަންވެލި ފިހާރަތަކުގައި އަނެއްކާވެސް ސޭލް އެއް!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 55ސ
މަޑިހާކުންފުނީގެ ފަރާތުން ހިންގާ އުފަންވެލި ފިހާރަތަކުގައި އަނެއްކާވެސް ސޭލް އެއް!

މަޑިހާކުންފުނީގެ ފަރާތުން ހިންގާ އުފަންވެލި ފިހާރަތަކުގައި އަނެއްކާވެސް ޚާއްސަ ޕްރޮމޯޝަން އެއް ފެށިގެން ކުރިޔަށް ދާކަން އެފަރާތުން އިއުލާން ކޮށްފިއެވެ.މިފަހަރުގެ ޕްރޮމޯޝަން ފެށުނީ މިއަދު،26 ނޮވެމްބަރުވީ ބުރާސްފަތިދުވަހުއެވެ. ތިން ދުވަހަށް ދެމިގެންދާ ޕްރޮމޯޝަން 28 ނޮވެމްބަރުވާ ހޮނިރުދުވަހާ ހަމަޔަށް ކުރިޔަށްދާނެއެވެ. އާދައިގެ މަތިން މިފަހަރުގެ ޕްރޮމޯޝަންގައިވެސް މުހިންމު ގްރޯސަރީގެ ބާވަތްތަކާއި ތާޒާ މޭވާގެ އިތުރުން ކެއުމަށް ބޭނުންވާ އެހެންވެސް ބާވަތްތަކެއް ހެޔޮ އަގެއްގައި ލިބެން ހުންނާނެ ކަމަށް މަޑިހާ ކުންފުނިން ބުނެއެވެ.

މާލެއާއި ހުޅުމާލޭގައި ހުންނަ އުފަންވެލި ފިހާރަކުން މިފަހަރު ޕްރޮމޯޝަންގެ ތެރޭގައި އަގުހެޔޮކޮން ލިބޭނެ ބާވަތްތަކުގެ ތެރޭގައި، ފިޔާ، އަލުވި، ފުލް، ޗިކަން، ލުނބޯ، އަދި ތާޒާ މޭބިސްކަދުރު ހިމެނެއެވެ.

މީގެ އިތުރުން ތާޒާ ތަރުކާރީ އާއި މޭވާ އަދި ކުކުޅުގެ ބާވަތްތައްވެސް ހެޔޮ އަގެއްގައި ލިބޭނެއެވެ. މިގޮތުން ، ބޯންލަސް ޗިކަން އަދި ޗިކަން ޑްރަމްސްޓިކް ނުވަތަ ކުކުޅުފައިވެސް ލިބެން ހުންނާނެއެވެ.

ކެއްކުމަށް ބޭނުންވާ ގިނަ ބާވަތްތަކެއް އަގުހެޔޮކޮށް ލިބޭގޮތަށް ހުޅުވާލާފައިވާ ޕްރޮމޯޝަންގެ ސަބަބުން އާއިލާތަކުން ގްރޯސަރީ ޝޮޕިންގ އަށް ކޮންމެ ދުވަހަކު ކުރަންޖެހޭ ޚަރަދު ވަރަށް ބޮޑު ތަނުން ކުޑަވެގެންދާނެއެވެ.

އުފަންވެލި ފިހާރަތަކުން އަބަދުވެސް ގްރޯސަރީގެ ގިނަ ބާވަތްތަކަކާއި އެކު ތާޒާމޭވާއާއި ތަރުކާރީގެ އިތުރުން އެއްގަމު މަހުގެ ބާވަތްތައް،އަދި ގަޑުކުރި ބާވަތްތައްވެސް އަބަދު ލިބެން ހުރުމާއި އެކު އުފަންވެލި ފިހާރަތައްވަނީ މާލޭގެ ރީޓެލް މާކެޓްގައި ރަގަޅަށް ފައި ހަރުކޮށް އަދި ކަސްޓަމަރުންގެ އިތުބާރު ހޯދާފައެވެ.

މަޑިހާ ކުންފުނިން މަސައްކަތް ކުރަމުން ގެންދަނީ ކަސްޓަމަރުންނަށް ފެންވަރު ރަގަޅު ބާވަތްތައް އެކަށީގެންވާ އަގުތަކެއްގައި ފޯރުކޮށް ދިނުމަށެވެ.އަދި ގަވާއިދުން ޕްރޮމޯޝަންތައް ބޭއްވުމުގެ ބޭނުމަކީވެސް އާއިލާތަކަށާއި އަދި ކެއިންބުއިމުގެ ޚިދުމަތްދޭ ތަންތަނަށްވެސް ހެޔޮ އަގެއްގައި ތަކެތި ގިނައިން ގަތުމަށްވެސް ފުރުސަތު ފަހި ކޮށް ދިނުން ކަމަށް އެފަރާތުން ބުނެފައި ވެއެވެ.

ބުރާސްފަތި ދުވަހުން ހޮނިހިރު ދުވަހަށް ކުރިޔަށްދާ ޕްރޮމޯޝަން ގެތެރޭ ހުރިހާ ބޭފުޅުންވެސް ކޮންމެވެސް އެއް އުފަންވެލި ފިހާރަޔަކަށް ވަޑައިގެން ތަކެތި ބައްލަވައިގަތުމަށް މަޑިހާކުންފުނިން އެދެއެވެ.

މިއަދު އޮންލައިން