ބައެއް އަތޮޅުތަކަށް ޔެލޯ އެލާރޓް ނެރެފި

ކިޔުމަށް ހޭދަވާނީ 1މ 21ސ
ބައެއް އަތޮޅުތަކަށް ޔެލޯ އެލާރޓް ނެރެފި

ރާއްޖެއަށް މިދުވަސްކޮޅު ކުރަމުން މިދާ ވިއްސާރައިގެ ސަބަބުން ބައެއް އަތޮޅުތަކަށް ޔެލޯ އެލާރޓް ނެރެފިއެވެ.

 

މޫސުމާއިބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ޔެލޯ އެލާރޓް ނެރެފައިވަނީ ށ. އަތޮޅާއި ބ. އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ.

 

މެޓް އޮފީހުން ބުނެފައިވާ ގޮތުގައި، މިސަރަޙައްދު ތަކުގައި ހިމެނޭ ރަށްތަކަށް ހުއްޓުމެއްނެތި ވިއްސާރަ ކުރާނެ ކަމަށް ލަފާ ކުރެވެއެވެ.

 

ޔެލޯ އެލާރޓް ނެރެފައިވަނީ މިއަދު މެންދުރު 12:00 އިން ފެށިގެން މެންދުރުފަހު 15:00 އާއި ހަމައަށެވެ.

 

މޫސުން ގޯސްވެ ޔެލޯ އެލާރޓް ނެރެފައިވާއިރު، އެންމެންވެސް މޫސުމަށް ސަމާލުވުމަށާއި ޚާއްސަކޮށް ކަނޑު ދަތުރު ކުރާ ފަރާތްތަކުން މިކަަމަށް ޚާއްސަ ސަމާލު ކަމެއްދީ ރައްކާތެރި ފިޔަވަޅު އެޅުމަށް މޫސުމާއިބެހޭ އިދާރާއިން އަބަދުވެސް އިރުޝާދު ދެއްވައެވެ.

 

އެގޮތުން އެޅިދާނެ ބައެއް ފިޔަވަޅުތަކަކީ:

 

· ދަތުރަށް ފެށުމުގެ ކުރިން މޫސުމާއިވެހެ އެންމެ ފަހުގެ މައުލޫމާތު ހޯދާ، އުޅަނދުގައި މުއާސަލާތީ ވަސީލަތްތައް ހަމަކުރުން.

· ކޮޅިގަނޑުގައި އަންނަ ގަދަ ވަޔަށް ސަމާކުވެ، ޚާއްސަކޮށް ދެރަކޮށް ހެދިފައި ހުންނަ އިމާރާތްތަކާއި ގެދޮރުގައި ހުންނަ ފުރާޅު ފަަދަ ތަންތަނުގެ ރައްކާތެރިކަން ބެލެހެއްޓުން

· ބޯކޮށް ވާރޭވެހި ފެންބޮޑުވެދާނެ ފަދަ ހާލަތްތަކަށް ތައްޔާރުވުން. ގެއަށް ފެންވަދެފާނެ ކަމުގައިވާނަމަ ގޭ ބޭރުގައި ވެލިބަސްތާފަދަ ތަކެތި ޖައްސައިގެން ގެއަށް ފެން ނުވަންނާނެ ފިޔަވަޅުތައް އެޅުން.

· ފެންޖެހި ހަލާކުވާނެ ފަދަ މުދަލާއި ތަކެތި ފެނުގެ އަސަރު ނުފޯރާނެފަދަ ތަންތަނަށް ބަދަލުކުރުން.

· އަލަށް އިމާރާތް ކުރަން ފަށާފައިވާ ތަންތަނުގެ ރައްކާތެރިކަން ބެލެހެއްޓުން.

· މޫސުމާއި ގުޅޭ ގޮތުން ޚަބަރު ފަތުރާ ވަސީލަތްތައް މެދުވެރިކޮށް ސަރުކާރުން ފޯރުކޮށްދޭ މައުލޫމާތަށް ރައްޔިތުން ސަމާލުވުން.

މިއަދު އޮންލައިން