އަލިފާން ނިއްވުމުގައި ބޭނުން ކުރާނެ ސައިކަލުތަކެއް ތަޢާރަފްކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 13ސ
އަލިފާން ނިއްވުމުގައި ބޭނުން ކުރާނެ ސައިކަލުތަކެއް ތަޢާރަފްކޮށްފި

އަލިފާން ނިއްވުމުގައި ބޭނުން ކުރުމަށް ޚާއްސަ ސައިކަލުތަކެއް މިއަދު ތަޢާރަފް ކޮށްފިއެވެ.

 

މިސައިކަލުތައް ތަޢާރަފް ކޮށްފައިވަނީ އެމްއެންޑީއެފް އިން މިހާރި ކުރިއަށްގެންދާ "ޖައްރާފު 2018" ގެ ތަމްރީނުތަކުގެ ތެރޭގައެވެ.

 

މިހަރަކާތަކީ މިދިޔަ ނޮވެމްބަރ މަހުގެ 29 ވަނަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއުގެ ފަރާތުން، އަލިފާން ނިއްވުމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ހަރަކާތެކެވެ.

 

ސައިކަލްތައް ތައާރަފްކުރުމަށް ސިފައިންގެ އަސްކަރީ ކްލިނިކް ސެނެހިޔާ ކުރިމަތިން ރިންގް ރޯޑުގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާ ވާހަކަދައްކަވަމުން އެމްއެންޑީއެފްގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހްމަދު ޝިޔާމް ވިދާޅުވީ އަލިފާން ރޯވެދާނެ ސަބަބުތައް ދެނެގަނެ ރައްކާތެރިވެ ތިބުން ވަރަށް މުހިއްމު ކަމަށެވެ.

 

ޝިޔާމް ވިދާޅުވީ އަލިފާން ނިއްވާ ސައިކަލް ތައާރަފް ކުރުމުން މާލެ ފަދަ ތޮއްޖެހިފައިވާ ތަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގުމުން އެތަނަކަށް އަވަހަށް ދިއުމަށް ފަސޭހަ ވެގެންދާނެ ކަމަށެވެ.

 

މިރަސްމިއަޔާތުގައި ވަނީ އަލިފާންގެ ހާދިސާއެއް ހިނގާ ވަގުތު އަލިފާން ނިއްވާ ސައިކަލް ހަރަކާތްތެރިވާނެ ގޮތް ދައްކާލާފަ އެވެ. އެގޮތުން ކާރެއްގައި ރޯކޮށްލުމަށްފަހު އަލިފާން ނިއްވާ ސައިކަލް އެތަނަށް ގޮސް ކާރުގެ ރޯވެފައިވާ އަލިފާގަނޑު ވަރަށް ފަސޭހަކަމާއިއެކެ ނިއްވާލާ ގޮތް ވަނީ ދައްކާލާފަ އެވެ.  

މިއަދު އޮންލައިން