ނެރު ފައިކަށްޓަކަށް އެރުމާއި ގުޅިގެން، މަނަދޫ ކައިރިން ބޯޓެއް އަޑިޔަށްދަނީ

ކިޔުމަށް ހޭދަވާނީ 40ސ
ނެރު ފައިކަށްޓަކަށް އެރުމާއި ގުޅިގެން، މަނަދޫ ކައިރިން ބޯޓެއް އަޑިޔަށްދަނީ

މާލެއިން ފުރައިގެން ނ. މާޅެންދޫ އަށް ދަތުރު ކުރަމުންދިޔަ ބޯޓެއް، މުދާ ބޭލުމަށްޓަކައި ނ.މަނަދޫ އަށް ވަންނަން އުޅުމުގެ ތެރޭގައި މަނަދޫ ނެރު ފައިކަށްޓަކަށް އެރުމާއި ގުޅިގެން އަޑިއަށް ދާން ފަށައިފިއެވެ.

އެމްއެންޑީއެފް އިން މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާދިސާގެ މައުލޫމާތު އެމްއެންޑީއެފް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއަރްސީސީ) އަށް ލިބިފައިވަނީ ރޭ ފަތިހު 4:30 ހާއިރުއެވެ.

މިހާދިސާގެ މައުލޫމާތު ލިބުމާއެކު ވަގުތުން ހަރަކާތްތެރިވެފައިވާ ކަމަށާއި އެސަރަހައްދަށް އެމްއެންޑީއެފް ނޮދަރން އޭރިއާ ލޯންޗު ދިޔައިރު ފުލުހުންނާއި މަނަދޫ ރައްޔިތުން ގުޅިގެން އެބޯޓުން ދަތުރުކުރި މީހުން މަނަދޫ އަށް ގެންގޮސްދީފައިވާ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ. އަދި ބޯޓުގެ ބައެއް މުދާތަށް ވެސް އެރަށަށް ގެންގޮސްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

މިއަދު އޮންލައިން