ބަނޑުންޖަހާލާފައިވާ ބާޖެއް، ހދ.ނައިވާދޫގެ ހުޅަނގު އުތުރުން އޮޔާދާކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައިވާތީ ކަނޑުދަތުރު ކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސް ކޮށްފިއެވެ.
ކޯސްޓްގާޑުން ބުނީ ބަންޑުން ޖަހާލާފައިވާ މި ބާޖަކީ ދިގުމިނުގައި 73 މީޓަރު، ފުޅާމިނުގައި 21 މީޓަރު ހުރި ދަގަނޑު ބާޖެއް ކަމަށެވެ.
އެހެންކަމުން މިސަރަޙައްދުން ދަތުރު ކުރާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދިނުމަށާއި އިލްތިމާސް ކުރާ ކަމަށް އަދި ރޭގަނޑު ދަތުރުކުރާ ފަރާތްތަކުން މިސަރަހައްދުން ދަތުރު ކުރުމުގައި ޚާއްޞަ ސަމާލުކަމެއްދިނުމަށް ވެސް ކޯސްޓް ގާޑުން ވަނީ އިލްތިމާސްކޮށްފައެވެ.