އަލިފާން ނިއްވައި ފެން ހިއްކާނެ 13 ވެހިކަލް ޖަޕާނުން ހަދިޔާކޮށްފި

އަހުމަދު
ކިޔުމަށް ހޭދަވާނީ 37ސ
އަލިފާން ނިއްވައި ފެން ހިއްކާނެ 13 ވެހިކަލް ޖަޕާނުން ހަދިޔާކޮށްފި

އަލިފާން ނިއްވައި ފެން ހިއްކާނެ 13 ވެހިކަލް ޖަޕާނުން އެމްއެންޑީއެފަށް ހަދިޔާކޮށްފި އެވެ. 

ފަޔަރ އެންޑް ރެސްކިޔޫގެ ކޮމާންޑަރ ކާނަލް ޢަބްދުﷲ ޒުހުރީ ވިދާޅުވީ މި ވެހިކަލްތަކަކީ އަލިފާން ނިއްވުމަށާއި އަދި ފެންބޮޑުވެއްޖެނަމަ ފެން ހިއްކަން ބޭނުންކުރާނެ ޒަމާނީ ވަސީލަތްތަކާއިއެކު ލިބިފައިވާ ވެހިކަލްތަކެއް ކަމަށެވެ.

ކާނަލް ޒުހުރީ ވިދާޅުވީ ފަޔަރ ސްޓޭޝަންތައް މިހާރު ޤާއިމުކޮށްފައިވާ ހުރިހާ ރަށަކަށް ވެސް މަހެއް ނުވަތަ 2 މަހެއްހައި ދުވަސްތެރޭގައި ވެހިކަލް ފޮނުވާނެ ކަމަށެވެ. އެގޮތުން ފޮނުވާނެ ރަށްތަކުގެ ތެރޭގައި ކުޅުދުއްފުށި ނައިފަރު، ކައްދޫ، ތިނަދޫ، ފުވައްމުލައް އަދި އަދި އައްޑޫސިޓިގެ ރަށްތައް ހިމެނޭ ކަމަށެވެ.

މިއަދު އޮންލައިން