ވެރިކަން ވެއްޓުމުގެ ހިތި އަސަރު ތަޖުރިބާ ކޮށްފިން - އިއްތިހާދު ދަމަހައްޓަން ޖެހޭ: ރައީސް ނަޝީދު

އަހުމަދު
ކިޔުމަށް ހޭދަވާނީ 51ސ
ވެރިކަން ވެއްޓުމުގެ ހިތި އަސަރު ތަޖުރިބާ ކޮށްފިން - އިއްތިހާދު ދަމަހައްޓަން ޖެހޭ: ރައީސް ނަޝީދު

ވެރިކަން ވެއްޓުމުގެ ހިތި އަސަރު ތަޖުރިބާ ކުރައްވައިފިން ކަމަށާއި އެހާލަތު ކުރިމަތިވިއަ ދެން ނުދެއްވާނެ ކަމަށް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މަޖިލީހަށް ކުރިމަތިލައްވާކަން އިއުލާނުކުރެއްވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ނަޝީދު ވިދާޅުވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިފަހަރު ވެރިކަމަށް ވަޑައިގަތީ އިއްތިހާދަކުން ކަމަށާއި އިއްތިހާދު ދަމަހައްޓަން ޖެހޭ ކަމަށެވެ. އަދި އެމަނިކުފާނު މަޖިލީހާއި ގުޅިވަޑައިގަންނަވާ ބޭނުންފުޅަކީވެސް ވެރިކަން ދިފާޢުކުރެއްވުން ކަމަށެވެ. 

ރައީސް ނަޝީދު ވިދާޅުވީ ވެރިކަން ވެއްޓޭ ގޮތް ވަނީ ފެނިވަޑައިގެންފައި ކަމަށާއި އަދި ތަޖުރިބާ ވެސް ކުރެއްވިފައި ކަމަށެވެ. "މުއުމިނެއްގެ ގައަށް އެއް ހޮރުން 2 ކަށްޓެއް ނުޖެހޭނެ."

މަޖިލިސް އިންތިޚާބާއިއެކު ގުޅިފައިވާ ކޯލިޝަން ވަރަށް އަވަހަށް ރޫޅިގެންދާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުން ގެންދާ ވަގުތެއްގައި ރައީސް ނަޝީދު މިރޭ ދެއްކެވި ވާހަކަފުޅުން ކޯލިޝަނުގެ ތެރޭގައި ޚިޔާލުތަފާތުވުމެއް އުފެދުނު ނަމަވެސް ކޯލިޝަން ރޫޅާ ނުލައި ދަމަހައްޓާނެ ކަމުގެ އުންމީދު މިވަނީ އިތުރުވެފައެވެ.

 

މިއަދު އޮންލައިން