އިޢާދަ ކުރަނިވި ހަކަތައިން ކަރަންޓު އެފެއްދީމަ ޔުނިޓަކަށް ޖެހޭ އަގު ބޮޑުތަނުން ހެޔޮކުރެވޭނެ: ރައީސް ނަޝީދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 53ސ
އިޢާދަ ކުރަނިވި ހަކަތައިން ކަރަންޓު އެފެއްދީމަ ޔުނިޓަކަށް ޖެހޭ އަގު ބޮޑުތަނުން ހެޔޮކުރެވޭނެ: ރައީސް ނަޝީދު

އިޢާދަ ކުރަނިވި ހަކަތައިން ކަރަންޓު އެފެއްދީމާ ޔުނިޓަކަށް ޖެހޭ އަގު ބޮޑުތަނުން ހެޔޮކުރެވޭނެ ކަމަށާއި ރާއްޖޭގައި އިޢާދަ ކުރަނިވި ހަކަތަ އުފައްދަން ބޭނުންވާ މާލީ އެހީތެރިކަން ހޯއްދަވަން މަސައްކަތް ކުރައްވާނެ ކަމަށް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އަތޮވީސާ ކްލައިމެޓް ޗޭންޖް ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގަތުމަށް ފުރާވަޑައިގަތުމުގެ ކުރިން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ތެލުން ހަކަތަ އުފެއްދުމުން ޔުނިޓަކަށް ޖެހޭ އަގު 3 ރުފިޔާއަށްވުރެ ބޮޑު ކަމަށާއި ނަމަވެސް އިޢާދަ ކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓް އުފެއްދުމުން ޔުނިޓަކަށް ޖެހޭނީ 2.50 ރުފިޔާ ކަމަށެވެ.

ރައީސް ނަޝީދު މިއަދުވެސް ވިދާޅުވީ މޫސުމަށް ބަދަލުތައް އަންނަމުންދާ އެންމެ ބޮޑު އެއް ސަބަބަކީ ޖައްވަށް ބޭރުވަމުންދާ ވިހަ ގޭސްތައް ކަމަށެވެ. އެހެންކަމުން މިއީ ޙައްލުކުރަންޖެހިފައިވާ އެންމެ ބޮޑު މައްސަލަ ކަމަށެވެ. މީގެ އިތުރުން ރާއްޖެއަށް ކުރިމަތިވެފައިވާ ތިމާވެށީގެ މައްސަލަތައް ސަމާލުކަމަށް ގެނުވައި އެހީތެރިކަން ހޯއްދަވަން މަސައްކަތް ކުރައްވާނެ ކަމަށެވެ.

މިއަދު އޮންލައިން