ރާއްޖޭގެ ބައެއް ރަށްތަކަށް ވައިޓް އެލާރޓް ނެރެފި

ކިޔުމަށް ހޭދަވާނީ 23ސ
ރާއްޖޭގެ ބައެއް ރަށްތަކަށް ވައިޓް އެލާރޓް ނެރެފި

ރާއްޖޭގެ އެކިކަންކޮޅުތަކަށް މިދުވަސްކޮޅު ކުރަމުންދާ ވިއްސާރައިގެ ސަބަބުން، ބައެއް ރަށްތަކަށް ވައިޓް އެލާރޓް ނެރެފިއެވެ.

މޫސުމާއިބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ވައިޓް އެލާރޓް ނެރެފައިވަނީ ހއ. އަތޮޅަށާއި އއ. އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ. މެޓް އޮފީހުން ބުނިގޮތުގައި އެސަރަހައްދުތަކުގައި ހިމެނޭ ރަށްތަކަށް ގުގުރުމާއިއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާ ކުރެވެއެވެ.

ވައިޓް އެލާރޓް ނެރެފައިވަނީ މިއަދު މެންދުރު 11:30 އިން ފެށިގެން މެންދުރުފަހު 15:30 އާއި ހަމައަށެވެ.

މިއަދު އޮންލައިން