މަގުތަކުގައި ފެން ބޮޑުވުމާއި ގުޅިގެން ފެން ހިންދުމުގެ މަސައްކަތް ފަށައިފި

ކިޔުމަށް ހޭދަވާނީ 57ސ
މަގުތަކުގައި ފެން ބޮޑުވުމާއި ގުޅިގެން ފެން ހިންދުމުގެ މަސައްކަތް ފަށައިފި

ވިއްސާރައިގެ ސަބަބުން މާލޭގެ މަގުތަކުގައި ފެންބޮޑުވެ، ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ޓީމުން ކުރިއަށް އެބަ ގެންދެއެވެ.

 

އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު އިން މައުލޫމާތު ދިން ގޮތުގައި، މާލޭގެ މަގުތަކުންފެން ހިންދުމަށް ޕަންޕު ޖަހައިގެން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ގިނައިން ޕަންޕު ޖަހަމުންދަނީ އެންމެ އަޑި މަގުތަކާއި ބޭރު މަގުތަކުގައި ކަމަށް ވެސް މައުލޫމާތު ދީފައިވެއެވެ.

 

އެމްއެންޑީއެފް އިން ޕަންޕު ބޭނުން ކޮށްގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުންދާ މަގުތައް:

- ވެސްޓް ޕާކް ކައިރި

- މާފަންނު ވިލިފުލުސް ކައިރި

- ދިރާގު ހެޑް އޮފީސް ކައިރި

- ތާޖުއްދީން ސްކޫލް ފުރަގަސްމަގު

- މައްޗަންގޯޅި ސްޓޭޑިއަމް އާއި ދިމާލަށް އިންނަ ބޮޑު ވަޅުގަނޑު

- ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް ކައިރި

- ޓީވީއެމް

- ޕޮލިސް އިސްކަންދަރުކޮށި ކައިރި

- ކުޑަކުދިންގެ ބަގީޗާއާއި ދަރުބާރުގެއާއި ދެމެދު އޮންނަ މަގު.

މިއަދު އޮންލައިން