މޭލެ ސަރަހައްދަށް އަދިވެސް ބޯކޮށް ވާރޭ ވެހިދާނެ ކަމަށާއި ކުރިއަށް އޮތް 24 ގަޑިއިރު މޫސުން ގޯސްވާނެ ކަމަށް މީޓިއޮރޮލީޖން ބުނެފިއެވެ. މީޓިއޮރޮލޮޖީން ބުނީ މާލޭގައި މިއަދު ފެން ބޮޑުވި ވަރަށް ފެންބޮޑުވެފައިވަނީ ރެކޯޑް އަދަދަކަށް ވާރޭ ވެހިގެން ނޫން ކަމަށާއި މީގެ ކުރިންވެސް މިއަދަށްވުރެ މާ ގިނައިން ވާރޭ ވެހިފައިވާ ކަމަށެވެ.
"މިއަދުގެ މިހައިތަނަށް ވެހިފައިވަނީ 140 މިލިމީޓަރުގެ ވާރޭ. މިއީ ރެކޯޑް އަދަދެއް ނޫން. މާ ގިނައިންވެސް ވާރޭ ވެހިފަ ވަނީ ކުރިން." މީޓިއޮރޮލޮޖީގެ މައުޅުމާށތުން އެނގެނީ މާލޭގައި މިއަދު މިވަރަށް ފެންބޮޑުވެގެން މިދިއައީ ފެން ބޭރުކުރަން ހެދި ޕަމްޕް ސްޓޭޝަންތައް ހަލާކުވެފައި ހުރުމުން ކަމަށެވެ.