ހާޖަރާގޭ ބެލްކަންޏެއް ވެއްޓި ސައިކަލުތަކަކަށް ގެއްލުންވެއްޖެ

ކިޔުމަށް ހޭދަވާނީ 29ސ
ހާޖަރާގޭ ބެލްކަންޏެއް ވެއްޓި ސައިކަލުތަކަކަށް ގެއްލުންވެއްޖެ

ހ. ހާޖަރާގޭ ތިންވަނަ ފަންގިފިލާގެ ބެލްކަންޏެއް ވެއްޓި، އެގޭގެ ތިރީގައި ޕާކު ކޮށްފައި ހުރި ސައިކަލުތަކަކަށް ގެއްލުން ވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހ. ހާޖަރާގޭގެ ތިންވަނަ ފަންގިފިލާގެ ބެލްކަންޏެއް ވެއްޓިގެން މިއަދު އިރުއޮއްސި 18:35 ހާއިރު ރިޕޯޓު ކޮށްފައިވާ ކަމަށާއި އެގޭގެ ތިރީގައި ޕާކު ކޮށްފައި ހުރި ހަތަރު ސައިކަލަކަށް ގެއްލުން ވެފައިވާ ކަމަށެވެ.

އެގޭގެ ބެލްކަނީ ވެއްޓެން ދިމާވި ސަބަބެއް އަދި އެނގިފައެއް ނުވެއެވެ.

މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

މިއަދު އޮންލައިން