އިންޑިއާ މަނަވަރު "ރަނާ" ރާއްޖެ އަތުވެއްޖެ

ކިޔުމަށް ހޭދަވާނީ 47ސ
އިންޑިއާ މަނަވަރު "ރަނާ" ރާއްޖެ އަތުވެއްޖެ

އިންޑިއާގެ މަނަވަރު އައިއެންއެސް "ރަނާ" އިއްޔެ ރާއްޖެ އަތުވެއްޖެ އެވެ.

އިންޑިއަން ނޭވަލް ޝިޕް (އައިއެންއެސް) "ރަނާ" ރާއްޖެއަށް ކުރާ މި ދަތުރުގައި، ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ކަނޑުގެ ސަރަޙައްދުގައި އެމްއެންޑީއެފް ކޯސްޓްގާޑާ ގުޅިގެން ސަވައިލަންސް ޕެޓްރޯލް ކުރާގޮތަށް ވަނީ ހަމަޖެހިފަ އެވެ.

މި ޕެޓްރޯލަކީ، ދިވެހިރާއްޖޭގެ ކަނޑައެޅޭ ވަކި ސަރަޙައްދެއްގައި ސިލްސިލާކޮށް ހިންގަމުންދާ ޕެޓްރޯލްތަކުގެ ތެރެއިން ހިންގޭ ޕެޓްރޯލެކެވެ. މި ސަވައިލަންސް ޕެޓްރޯލްގައި ރާއްޖޭގެ ޚާއްޞަ އިޤްތިސާދީ ސަރަޙައްދުގައި ޤާނޫނާއި ޤަވާޢިދާ ޚިލާފަށް ކަނޑުމަތީގެ އެއްވެސް ކަމެއް ހިނގާތޯ ބެލުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ސަވައިލަންސް ޕެޓްރޯލް ނިންމާލުމަށްފަހު އައިއެންއެސް "ރަނާ" ރާއްޖެއިން ފުރުމަށް ހަމަޖެހިފައިވަނީ ޑިސެންބަރު މަހުގެ 14 ވަނަ ދުވަހު އެވެ.

މިއަދު އޮންލައިން