މަޖިލިސް އިންތިޚާބުގެ ޕްރައިމަރީގައި ވާދަކުރަން ރައީސް ނަޝީދު ފޯމު ހުށަހަޅުއްވައިފި!

މިއަދު
ކިޔުމަށް ހޭދަވާނީ 39ސ
މަޖިލިސް އިންތިޚާބުގެ ޕްރައިމަރީގައި ވާދަކުރަން ރައީސް ނަޝީދު ފޯމު ހުށަހަޅުއްވައިފި!

އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވާދަކުރައްވާނެ ކެނޑިޑޭޓުން ކަނޑައެޅުމަށް އެމްޑީޕީން ކުރިއަށްގެންދާ ޕްރައިމަރީގައި ވާދަކުރެއްވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުށައަޅުއްވައިފިއެވެ.

 

މަޖިލިސް އިންތިޚާބުގައި އެމަނިކުފާނު ވާދަ ކުރެއްވުމަށް ނިންމަވާފައި ވަނީ މައްޗަންގޯޅީ މެދު ދާއިރާއަށެވެ. އަދި އެ ދާއިރާ އަށް ނިކުންނަވާނެ ކަން އިއުލާން ކުރައްވައި، ރައީސް ނަޝީދު މިހާރު ދަނީ ކެމްޕެއިން ވެސް ކުރައްވަމުންނެވެ.

 

އެމަނިކުފާނަށް ޕްރައިމަރީ ކާމިޔާބުވެއްޖެ ނަމަ، އެމަނިކުފާނު ވެގެންދާނީ ރާއްޖޭގެ ރައީސްކަން ކުރެއްވި ފަރާތްތަކުގެ ތެރެއިން މަޖިލީސް އިންތިހާބުގައި ވާދަކުރައްވާނެ ފުރަތަމަ ރައީސް އަށެވެ.

 

ލިޔުނީ: ޒިދާން މުޙައްމަދު

މިއަދު އޮންލައިން