ލިޔެގެން އަޅުގަނޑު ސާދަ ފަހަރު ޖަލަށްލި - ރައީސް ނަޝީދު

ކިޔުމަށް ހޭދަވާނީ 55ސ
ލިޔެގެން އަޅުގަނޑު ސާދަ ފަހަރު ޖަލަށްލި - ރައީސް ނަޝީދު

ސަރުކާރާ ދެކޮޅު ހިޔާލުތައް ލިޔެގެން 14 ފަހަރު ޖަލަށްލި ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

 

ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ 14 ފަހަރަށްވުރެ ގިނަ ފަހަރަށް އެމަނިކުފާނު ޖަލަށްލި ކަމަށާއި، އޭގެ ތެރެއިން ގިނަވާނީ ސަރުކާރާއި ދެކޮޅު ޚިޔާލުތައް ލިޔެގެން ޖަލަށްލީ ފަހަރު ކަމަށެވެ. އޭގެ އިތުރުން އެމަނިކުފާނު ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް އަށް އަލިމަސް ޝަރަފުގެ ގަލަން ލިބިވަޑައިގަތުމުން، ރައީސް މައުމޫން އަށް މަރުހަބާ ވިދާޅުވެފައެވެ.

 

ރައީސް ނަޝީދު މިފަދައިން ވިދާޅުވިއިރު، ރާއްޖޭގެ ނޫސްވެރިކަމަށް 75 އަހަރު ފުރުމުގެ އަލިމަސްޔޫބީލް ފާހަގަ ކުރުމުގެ ރަސްމިއްޔާތުގައި ޝަރަފުގެ އިނާމު ދެއްވި ބޭފުޅުންގެ ތެރޭގައި އެމަނިކުފާނު ހިމެނިވަޑައި ނުގެންނެވުމުން، އެތައް ބަޔަކު އަންނަނީ އެކަމަށް ފާޑުކިޔާ ނުރުހުން ފާޅުކުރަމުންނެވެ.

 

 

މިއަދު އޮންލައިން