ކުރެއްދޫ އައިލެންޑް ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ކިޔުމަށް ހޭދަވާނީ 34ސ
ކުރެއްދޫ އައިލެންޑް ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ޅ.އަތޮޅުގައި ހިންގަމުންދާ ކުރެއްދޫ އައިލެންޑް ރިސޯޓުގެ ގިފްޓް ޝޮޕުގެ ގުދަނުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ނައިފަރު ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވެއްޖެއެވެ.

މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއަށް ލިބުނީ ރޭ ދަންވަރު 12:48 ހާއިރު، އެވެ.

މި ހާދިސާގައި ރޯވި އަލިފާން އެއްކޮށް ނިއްވާލާފައިވަނީ ފަތިހު 04:00 ހާއިރުއެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާއިރު އަލިފާން ރޯވި ގުދަނާއި ގުދަނުގައި ހުރި މުދަލަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތައް ލިބިފަ ކަމަށް އެމްއެންޑީއެފް ބުނިއެވެ.

މިއަދު އޮންލައިން