ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގަވައިދާ ޚިލާފަށް އެއްވެސް އުޅަނދެއް އޮޕަރޭޓުކުރާ ނުކުރާ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.
ރާއްޖެ އައި އިންޑިއާގެ މަނަވަރު 'ރާނާ' އާ ގުޅިގެން ހިންގި އެއޮޕަރޭޝަން ނިންމާލުމަށްފަހު އެމްއެންޑީއެފް އިން މައުލޫމާތު ދެމުން ބުނީ މިފަހަރުގެ ކުރެވުނު ޕެޓްރޯލްގައި ބޮޑަށް ބެލެވުނީ ހުޅަނގު އުތުރުން ފެށިގެން ގޮސް ތ. އަތޮޅާ ހަމައަށް އީއީޒެޑް ހިމެނޭ ސަރަހައްދު ކަމަށެވެ. އެގޮތުން އެސަރަހައްދުގައި ގަވާއިދާ ހިލާފު އެއްވެސް ހަރަކާތެއް ހިނގާފައިވާ ކަމުގެ އެއްވެސް މައުލޫމާތެއް ލިބިފައި ނެތް ކަމަށް އެމްއެންޑީއެފް ކޯސްޓު ގާޑުން އިން ވަނީ ބުނެފައެވެ.
އިންޑިއާގެ އެމަނަވަރު މިހާރު މާލެ ބަނދަރަށް އައިސްފައިވާއިރު މާދަމާގެ ވަގުތެއްގައި މަނަވަރު ފުރުމަށް ވަނީ ހަމަޖެހިފައެވެ.
މިއީ އިންޑިއާއި ރާއްޖެ ގުޅިގެން ހިންގާ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގަވައިދާ ހިލާފަށް މަސްވެރިކަން ކުރާ ފަރާތްތަކާއި އަދި ގަވައިދާ ހިލާފަށް ރާއްޖޭގެ އީއީޒެޑް ވަދެ އުޅޭ އުނޅަދުތައް ބެލުމަށް ހިންގާ އޮފަރޭޝަނެކެވެ.