ރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދުން ބޭރުގެ މަސްބޯޓެއް އަތުލައިގެންފި

ކިޔުމަށް ހޭދަވާނީ 1މ 2ސ
ރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދުން ބޭރުގެ މަސްބޯޓެއް އަތުލައިގެންފި

 

ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުގައި ޤަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަން އުޅުނު ބޭރުގެ މަސްބޯޓެއް އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް އިން އަތުލަިގެންފި އެވެ.

ގދ.ގައްދޫގެ އިރު ދެކުނުން 42 މޭލު ބޭރުން ފެނުނު "އޮޝާދީ 1" ނަމަކަށް ކިޔާ ސްރީލަންކާގެ މި މަސްބޯޓު ފެނިގެން އެމްއެންޑީއެފް ކޯސްޓްގާޑަށް އިއްޔެ 13:12 ހާއިރު ރިޕޯޓްކޮށްފައި ވަނީ އެސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ "ވާދީ" ނަމަކަށް ކިޔާ ދޯންޏަކުން ކަމަށް އެމްއެންޑީއެފް ބުނަޏެވެއެވެ

މި މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ލޯންޗެއް އެސަރަހައްދަ ފޮނުވިއެވެ. އަދި ސްރީލަންކާގެ މި މަސްބޯޓް އެމްއެންޑީއެފް ކޯސްޓްގާޑްގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ އިއްޔެ ހަވީރު 16:30 ހާއިރުއެވެ.

މި ބޯޓް ބަލާ ފާސްކުރިއިރު، މި ބޯޓުގައި ސްރީލަންކާގެ 6 މަސްވެރިން ތިއްބެ ކަމަށާއި މި މީހުން ވަނީ އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންގޮސް މޯލްޑިވްސް ޕޮލިސް ސަރވިސް އާ ވަނީ ހަވާލުކޮށްފައެވެ

މިއަދު އޮންލައިން