"ސަހީހުލް މުސްލިމް"ގެ ނުވަ ވަނަ ބައި ރައީސް ނަޝީދު ނެރެ ދެއްވައިފި!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 25ސ
"ސަހީހުލް މުސްލިމް"ގެ ނުވަ ވަނަ ބައި ރައީސް ނަޝީދު ނެރެ ދެއްވައިފި!

 

ކީރިތި ރަސޫލާ (ސއވ) ގެ ހަދީޘްތަކުގެ މައްޗަށް އެކުލެވިފައިވާ "ސަހީހުލް މުސްލިމް" ގެ ދިވެހި ތަރުޖަމާ އާއި ޝަރަހައިގެ ނުވަ ވަނަ ބައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ނެރެދެއްވައިފިއެވެ. ރައީސް ނަޝީދު މި ފޮތް ނެރެދެއްވީ ރޭ އިސްކަބްދަރު ސުކޫލުގައި އެކަމަށް ހާއްސަ ކުރެވިގެން ބޭއްވުނު ހަފްލާއެއްގައެވެ.

 

"ސަހީހުލް މުސްލިމު" ދިވެހި ބަހަށް ތަރުޖަމާ ކޮށްދެއްވާފައި ވަނީ ޝެއިހު ހުސައިން ރަޝީދު އަހުމަދެވެ. މި ފޮތުގައި ފަސް ބާބެއް ހިމެނޭއިރު، ބޮޑަށް އަލި އަޅުވާލާފައިވަނީ ކައިވެނި ކުރާއިރު އެނގެން ޖެހޭ ގިނަ ކަންތައްތަކެއް އިތުރުން، އިސްލާމު ދީނުގައި އަންހެނުންނަށް ދީފައިވާ އަހައްމިއްޔަތު ކަމާއި ބެހޭ ގިނަ ހަދީޘްތަކެއް އަދި މައުލޫމާތުތަކެއްގެ މައްޗަށެވެ.

 

ރޭ އިސްކަންދަރު ސްކޫލުގައި ބޭއްވި ހަފްލާގައިި ވާހަކަފުޅު ދައްކަވަމުން ފޮތުގެ ތަރުޖަމާނު، ހުސެއިން ރަޝީދު ވިދާޅުވީ، އެ ފޮތް ފާސްކޮށްދީފައި ވަނީ އިސްލާމިކް މިނިސްޓްރީއަށް ހުށަހެޅިތާ 11 މަހަށް ވުރެ ގިނަ ދުވަސް ފަހުން ކަމަށެވެ. އެކަމަކު، ފޮތުގެ ދިހަ ވަނަ ބައި ފާސްކުރަން ހުށަހެޅިތާ ތިން ދުވަހުގެ ތެރޭގައި ލިބުންކަން ފާހަގަކޮށް އޭނާ ވިދާޅުވީ ދިހަ ވަނަ ބައި ވަރަށް އަވަހަށް ނެރޭނެ ކަމަށެވެ.

 

މީގެ އިތުރުން، ފޮތް ނެރެ ދެއްވުމަށް ފަހު ވާހަކަ ދައްކަވަމުން ކުރީގެ ރައީސް ނަޝީދު ވިދާޅުވީ، އެ ހަދީޘް ފޮތްތައް ޔުނިވާސިޓީތަކުން ލިބުމަކީ މުހިއްމު ކަމެއް ކަމަށާއި، އެފަދަ ފޮތްތަކުގެ އަލީގައި ރިވެތި ދިރިއުޅުމެއް ހޯދިދާނެ ކަމަށެވެ.

ޝެއިހް ހުސެންގެ މި މަސައްކަތަކީ ދިވެހިބަހަށް އަދި ދީނަށް ކޮށްދެވުނު އަގުހުރި މަސައްކަތެކެވެ.

 

ލިޔުނީ: ޒިދާން މުހައްމަދު

މިއަދު އޮންލައިން