މާލޭ ކޮންމެމީހަކަށް ގޯއްޗެއް ދެވޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 19ސ
މާލޭ ކޮންމެމީހަކަށް ގޯއްޗެއް ދެވޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ!

މާލޭ ސިޓީގައި ދިރިއުޅޭ ކޮންމެމީހަކަށް ގޯއްޗެއްދެވޭނެކަމަށް ދިވެހިރާއްޖޭގެ ކުރީގެރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ، ރައްޔިތުން މަޖިލީހުގެ މައްޗަންގޮޅި އުތުރުދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި އެމަނިކުފާނު ވާދަކުރައްވަން ނިންމަވާފައި ވާތީ ކެމްޕެއިން ފެށުމަށްޓަކައި ރޭ ބޭއްވި ހާއްސަ ހަފްލާއެއްގައެވެ. 

"މިމާލޭ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ކޮންމެ މީހަކަށް ގޯއްޗެއް ކަނޑާފައިދެވޭނެ. އެއީކީ މިއަދު ދިވެހިރާއްޖޭގައި ނުކޮށްދެވޭނެކަމެއްނޫން. އަޅުގަނޑުމެންގެ މިޖީލުން ދެންއަންނާންއޮތް ޖީލަށް އެކަން ނުކޮށްދީފިނަމަ ގަބޫލުފުޅުކުރައްވާ މިމާލެއެއްނޯންނާނެ." ރޭގެ ހަފްލާގައި އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، އެމަނިކުފާނު ވިދާޅުވީ ދިވެހިން އެދެނީ ހަލާލު މަސައްކަތުން ކައިގެން ބޮއިގެން އުޅޭވޭނެ ގޮތެއް ހޯދުންކަމަށްށާއި، ދިވެހިން އުންމީދުކުރަނީ ވަރަށް އާދައިގެ ކަންކަން ކަމަށާއި، އެކަންކަން ފުއްދައިދިނުމަކީ ސިޔާސީ މީހުންގެ ޒިންމާއެއްކަމަށެވެ.

"ދިވެހިރާއްޖޭގެ ރައްޔިތުން އެބޭފުޅުންގެ އުންމީދުތައް ރާއްޖޭގެ ސިޔާސީ އެކިއެކި ފަރާތްތަކަށް ސަރީހަ އިބާރާތްތަކުން ސާފުކޮށްދެމުން އަންނަތާ އިނގިވަޑައިގަންނަވާނެ ދުވަސްތަކެއްވެއްޖެ. ހަމަގައިމުވެސް ދިހަފަނަރަ އަހަރުވެއްޖެ. ދިވެހިންގެ އުންމީދަކީ ތިމަންނާގެ އަމިއްލަ ހަލާލު މަސައްކަތުން މަސައްކަތް ކޮށްގެން ތިމަންނާ ތިމަންނާއާއި ތިމަންނާގެ އަނބިދަރިންނާއި ގާތްތިމާގެ މީހުންނާއެކު ރީތިކޮށް ރިވެތިކޮށް އުޅެވޭނޭ ބަޔަކަށްވުމުގެ އުންމީދު، ބޯހިޔާވަހިކަމެއް ލިބުމުގެ އުންމީދު." ރައީސް ނަޝީދު ވިދާޅުވިއެވެ.

މިއަދު އޮންލައިން