މއ.އަޖްމީސްޓާރ، ސިޑި ގޮޅީގައި ހުރި ކުނިތަކެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. މި ހާދިސާ އާއި ގުލިގެން އެމްއެންޑިއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ހަރަކާތްތެރިވެ ހަލިފާން ނިއްވާލައިފަވެއެވެ.
މި ހާދިސާ ހިނގާފައިވަނީ ރޭ ފަތިހު 04:20 ހާއިރު ކަމަށާއި މި މައުލޫމާތު ލިބުމާއެކު އެފްއާރުއެސްގެ ފަޔަރމަނުން ވަނީ ހަރަކާތްތެރިވެފައިވެއެވެ. މި ހާދިސާގައި އެ ގޭގެ ސިޑި ގޮޅީގައި ހުރި ކުނިތަކުގައި ރޯވުމުގެ ސަބަބުން މުޅި އިމާރާތުގައި ވަނީ ދުން ބޯވެފައެވެ. އެގޮތުން އިމާރާތުގައި ދިރިއުޅޭ މީހުން ސަލާމަތްތެރިކަމާއެކު އިމާރާތުން ބޭރަށް ނެރުމަށްފަހު ސްމޯކް އެކްސްޓްރެކްޓަރގެ އެހީގައި ދުންތައް ބޭރުކުރުމުގެ މަސައްކަތްވަނީ ރޭ ފަތިހު ކޮށްފަވާ ކަމަށް އެމްޑީއެފް އިން ބުންޏެވެ. އަދި ރޯވި އަލިފާން ނިއްވާލާފައިވަނީ 04:31 ހާއިރުއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާއިރު އިމާރާތަށް ލިބިފައިވާ ގެއްލުންތަކާއި ހާދިސާ ހިނގަން ދިމާވި ސަބަބު މޯލްޑިވްސް ޕޮލިސް ސަރވިސްއިން ދަނީ ތަހުގީގު ކުރަމުންނެވެ.