ކަރަންޓް ވައިރުކުރަނީ ހުއްދަ ނެތް ބޭރު މީހުން: އެމްއެންޑީއެފް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 50ސ
ކަރަންޓް ވައިރުކުރަނީ ހުއްދަ ނެތް ބޭރު މީހުން: އެމްއެންޑީއެފް

ކަރަންޓްގެ މައްސަލަތަކުގައި ގޭގެއާއި ތަންތަނުގައި އަލިފާން ރޯވުން އިތުރުވެފައިވާ ކަމަށާއި ކަރަންޓް ވައިރު ކުރުމުގެ މަސައްކަތް ކުރަނީ ބޭރު މީހުން ކަމަށާއި ވައިރު ކުރަން ބޭނުންކުރާ ބައެއް ތަކެއްޗަކީ ފެންވަރު ނެތް ތަކެތި ކަމަށް އެންއެންޑީއެފުން ބުނެފިއެވެ. 

ކޯސްޓް ގާޑް ބިލްޑިނގގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފަޔަރ އެންޑް ރެސްކިޔޫގެ ކޮމާންޑަރ ކާނަލް ޢަބްދުﷲ ޒުހުރީ ވިދާޅުވީ ކަރަންޓް ވައިރުކުރުމުގެ ހުއްދަ 5000 ވަރަކަށް މީހުން ނަގާފައިވީ ނަމަވެސް އަމަލީ ގޮތުން މަސައްކަތް ކުރަނީ އެމީހުން ނޫން ކަމަށެވެ. 

ކާނަލް ޒުހުރީ ވިދާޅުވީ މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން މިފެށޭ ޖަނަވަރީ މަހުން ފެށިގެން އެމްއެންޑީއެފާއި ސްޓެލްކޯ ގުޅިގެން ޗެކުކުރަން ފަށާނެ ކަމަށެވެ.

ކާނަލް ޒުހުރީ ވިދާޅުވީ މިއަހަރު އަލިފާނުގެ 105 ހާދިސާ ހިނގާފައިވާ ކަމަށާއި އެއިގެ ތެރޭގައި ނުރައްކާތެރި ނުވަތަ ބޮޑު 11 ހާދިސާ ހިނގާފައިވާއިރު އެއިގެ ތެރޭގައި ކަރަންޓް ޝޯޓްވުމާއި އެފަދަ މައްސަލަތައް ހިމެނޭ ކަމަށެވެ.

މިއަދު އޮންލައިން