ކުރަނގި ހެލިކޮޕްޓަރުގައި ބަލި މީހަކު މާލެ ގެންނަނީ!

މިއަދު
ކިޔުމަށް ހޭދަވާނީ 48ސ
ކުރަނގި ހެލިކޮޕްޓަރުގައި ބަލި މީހަކު މާލެ ގެންނަނީ!

ޅ. ކުރެންދޫ އިން ހާލުބޮޑު ބަލިމީހަކު އެމްއެންޑީއެފް ކުރަނގި ހެލިކޮޕްޓަރުން މާލެ ގެނަމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ. އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލަކު މިއަދުނޫހަށް މައުލޫމާތު ދިންގޮތުގައި ހެލިކޮޕްޓަރު :ޭންޑް ކުރާނީ އުސްފަސްގަނޑު ސަރަހައްދަށެވެ.

އޭނާ ވިދާޅުވީ 0100 ގައި މާލެއަށް ހެލިކޮޕްޓަރު ޖައްސާނެ ކަމަށް ލަފާ ކުރެވޭ ކަމަށައި، ވައި ހުރި ގޮތަން ޑިލޭ ވުމުގެ ޕޮސިބިލިޓީ ވެސް އޮންނާނެ ކަމަށެވެ.

ނަމަވެސް، ހެލިކޮޕްޓަރުން މާލެ ގެންނަ ޟިހާގެ އެއްވެސް މައުލޫމާތެއް އޭނާ ނުދެއެވެ. މިއަދުނޫހަށް އެނގިފައިވަ ގޮތުގައި، މާލެ ގެންނަނީ އުމުރުން 77 އަހަރުގެ އަންހެނެކެވެ. އަދި އެމީހާ މާލެ ގެންނަނީ ނޭވާލުމުގެ މައްސަލަތަކަކާ ކުރިމަތި ވެގެންނެވެ. މީގެ ކުރިންވެސް އެމްއެންޑީއެފް ހެލިކޮޕްޓަރުބަލި މިހުން މާލެ ގެނެސްފައި ވެއެވެ. މިކަމާ ގުޅޭގޮތުން ކުރެންދޫ ހޮސްޕިޓަލުގެ ބަހެއް އަދި ލިބިފައި ނުވެއެވެ.

މިއަދު އޮންލައިން