މާލެއިން ފުރައިގެން އދ. ދިގުރަށަށް ދަތުރުކުރަނިކޮށް ދިޔަވި ލޯންޗަކުން 42 މީހުން ސަލާމަތް ކޮށްފިއެވެ.
"ފަޒާސް 5" ނަމަކަށް ކިޔާ ލޯންޗެއް ފަޅައިގެން ގޮސް، އދ. މަހިބަދޫ އިރު ދެކުނުން ފަސް މޭލު ބޭރުން ދިޔަވަމުން ދާތީ، މިއަދު ހަވީރު 17:38 ގައި ރިޕޯޓު ކޮށްފައިވާ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދީފައިވެއެވެ.
އެލޯންޗުން ސަލާމަތް ކުރި މީހުން، ފުލުހުންނާއި މަހިބަދޫ ލޯންޗެއްގެ އެހީތެރިކަމާއެކު މިހާރު ވަނީ ދަނގެއްޗަށް ގެންގޮސްފައެވެ. އަދި މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ ކަމަށް ވެސް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.
މިހާދިސާ ހިނގިއިރު އެލޯންޗުގައި ދިވެހީންގެ އިތުރުން ބިދޭސީން ވެސް ތިއްބެވެ. އޭގއ ތެރޭގައި 14 އަންހެނުންނާއި ހަތަރު ކުޑަކުދިން ހިމެނެއެވެ.