ތެޔޮ ދޯންޏެއް ނޫމަރާ ނެރަށް އަރައިފި!

ކިޔުމަށް ހޭދަވާނީ 46ސ
ތެޔޮ ދޯންޏެއް ނޫމަރާ ނެރަށް އަރައިފި!

ލިޔުނީ: ޒިދާން މުހައްމަދު 

ށ. ނޫމަރާ އަށް ތެޔޮ ހިފައިގެން ދިޔަ ތެޔޮ ދޯންޏެއް، އެރަށު ފަޅުން ނިކުންނަން އުޅުމުގެ ތެރޭގައި ރަށުގެ ނެރަށް އަރައިފިއެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި،  އަންބަރާ ނަމަކަށް ކިޔާ އެ ތެޔޮ ދޯނި އެރަށު ނެރަށް އަރާފައިވަނީ މިއަދު ހެނދުނު 11:50 ހާއިރު އެވެ. އެ ދޯންޏަކީ މާއުނގޫދޫ އަށް ނިސްބަތްވާ ދޯންޏެކެވެ. އަންބަރާ ދޯނި، ނޫމަރާއަށް ގޮސްފައި ވަނީ، އެރަށު އިންޖީނުގެއަށް ބޭނުންވާ ތެޔޮ ހިފައިގެންނެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، މި ހާދިސާ ހިނގިކަން އެމްއެންޑީއެފަށް ރިޕޯޓުކޮށްފައި ވާކަމަށާއި، ދޯނި ފުންކުރުމުގެ މަސައްކަތް އެމްއެންޑީއެފް ނޮދާން އޭރިއާ ކޯސްޓް ގާޑާއި ދޯނީގެ ވެރިފަރާތް ގުޅިގެން ކުރިއަށް ދާ ކަމަށެވެ.

މި ހާދިސާއާ ގުޅެ އިތުރު ތަފްސީލެއް އެމްއެންޑީއެފުން ނުދެއްވައެވެ.

މިއަދު އޮންލައިން