އެމްއެންޑީއެފަ ސަދަން އޭރިއާގެ ކޮމާންޑަރ ކަމުގެ މަގާމަށް ކާނަލް އިބްރާހިމް ރަޝީދު ހަމަޖައްސައިފިއެވެ.
ކާނަލް އިބްރާހިމް ރަޝީދު އެމަގާމަށް ހަމަޖެއްސުމުން، މިއަދު މަގާމާއި ހަވާލުވެ ވަޑައިގެންފި ކަމަށް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.
ކާނަލް އިބްރާހިމް ރަޝީދު މިހާތަނަށް ހުންނެވީ ޕްރެސިޑެންޝަލް ގާޑުގެ ކޮމާންޑިން އޮފިސާރ ކަމުގެ މަގާމުގައެވެ.
މީގެއިތުރުން، އެމްއެންޑީއެފް ސަދަން އޭރިއާގެ ކޮމާންޑިން އޮފިސަރ ކަމުގެ މަގާމުގައި ކުރިން ހުންނެވި ކާނަލް އަބްދުﷲ އިބްރާހިމް މިހާރު ވަނީ އެމްއެންޑީއެފް ގެ ފަޔަރ އެންޑް ރެސްކިއު ސާވިސް ގެ ކޮމާންޑިންގ އޮފިސަރ ކަމަށް ބަދަލު ކޮށްފައި ކަމަށްވެސް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.