ކެޕްޓަން މުޙައްމަދު ރާމިޒު ކުއްލި ގޮތަކަށް އަވަހާރަވެއްޖެ

ކިޔުމަށް ހޭދަވާނީ 1މ 9ސ
ކެޕްޓަން މުޙައްމަދު ރާމިޒު ކުއްލި ގޮތަކަށް އަވަހާރަވެއްޖެ

އެމްއެންޑީއެފް ގެ ކެޕްޓަން މުޙައްމަދު ރާމިޒު ކުއްލި ގޮތަކަށް އަވަހާރަ ވެއްޖެއެވެ. 

 

ކެޕްޓަން ރާމިޒްގެ ކުއްލިމަރާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އެމްއެންޑީއެފް ގެ ޗީފް ސްޕޯކްސްޕާސަން ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ، ކެޕްޓަން ރާމިޒް އަވަހާރަވީ މިއަދު ހަވީރުގެ ވަގުތެއްގައި އެމްއެންޑީއެފް ނޮދަން އޭރީއާގައި ޑިއުޓީގައި ހުންނަވަނިކޮށް ކަމަށެވެ. 

 

"އޭނާ މިއަދު ހަވީރު އެކްސަސައިޒްގައި ބައިވެރިވެ، ދުވަމުން ދަނިކޮށް ކުއްލިއަކަށް ވެއްޓިގެން، ފަރުވާއަށް ވަގުތުން ނައިފަރު ހޮސްޕިޓަލަށް ގެންދެވުން" އެމްއެންޑިއެފް ގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. 

 

މީގެއިތުރުން އާޒިމް ވިދާޅުވީ، ކެޕްޓަން ރާމިޒްގެ ހަށިގަނޑު މިހާރު މާލެ ގެނައުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ. އޭނާ އަވަހާރަވީއިރު އުމުރުފުޅަކީ 48 އަހަރެވެ.

 

މާތް ﷲ އެމަރްޙޫމްގެ ފުރާނައަށް ހެޔޮ ރަޙުމަތްލައްވާ ސުވަރުގޭގެ މަތިވެރި ނިއުމަތް ދެއްވަވާށި. އާމީން. އަދި މިފަދަ ހިތްދަތި ދަނޑިވަޅެއްގައި އާއިލާއަށް ކެތްތެރިކަން ދެއްވާށި. އާމީން.

 

إِنَّا للهِ وَإِنَّـا إِلَيْهِ رَاجِعون

މިއަދު އޮންލައިން