ތިނަދޫން 3 މީހުންނާއެކު ފުރައިގެން މާލެ ދަތުރުކުރި "ފްރެޝް" ދޯނީގެ ޚަބަރެއް ނުވެގެން ހޯދަން ފަށައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 55ސ
ތިނަދޫން 3 މީހުންނާއެކު ފުރައިގެން މާލެ ދަތުރުކުރި "ފްރެޝް" ދޯނީގެ ޚަބަރެއް ނުވެގެން ހޯދަން ފަށައިފި

ގދ.ތިނަދޫއިން 03 މީހުންނާއި އެކު ފުރައިގެން މާލެ ދަތުރުކުރި "ފްރެޝް" ނަމަކަށް ކިޔާ ދޯންޏެއް ޚަބަރެއް ނުވެގެން އެމްއެންޑީއެފް ކޯސްޓްގާޑުން ހޯދަން ފަށައިފިއެވެ. 

އެމްއެންޑީއެފުން ބުނީ މި ދޯނީގެ ޚަބަރެއް ނުވެގެން އުޅޭކަމުގެ ރިޕޯޓު އެމްއެންޑީއެފް ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ މިއަދު 18:45 ހާއިރުކަމަށެވެ. 

އެމްއެންޑީއެފުން ބުނެފައިވަނީ މިދޯންޏަކީ ދިގުމިނުގައި 17 މީޓަރު ހުރި ބޭރުގައި ގަދަނޫ ކުލައިގެ ދަވާދު ލާފައިވާ އަދި ހުދު ކުލައިގެ ގެގަނޑެއް ލާފައިވާ ދޯންޏެއް ކަމަށާއި މި ދޯންޏާއި އެންމެފަހުން ގުޅިފައިވަނީ މި މަހުގެ 16 ވީ ބުދަ ދުވަހު 19:11 ހާއިރު ގއ.ކޮލަމާފުށި ކައިރިން ކަމަށެވެ.

ކޯސްޓްގާޑުން ބުނެފައިވަނީ މި ދޯންޏާ ބެހޭ މަޢުލޫމާތެއް ލިބޭތޯ ބަލައި ދިނުމަކީ ކޯސްޓްގާޑްގެ ވަރަށް ބޮޑުއެދުމެއް ކަމަށެވެ. އަދި ދޯންޏާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކުރައްވާ ކޯސްޓްގާޑްގެ ހިލޭ ގުޅޭނަމްބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅުއްވުމަށް ނުވަތަ 3391665 ނަމްބަރަށް ފެކްސްކޮށްދިނުމަށް އެދޭ ކަމަށެވެ.

މިއަދު އޮންލައިން