ދެކުނުގެ އަތޮޅުތަކަށް ވައިޓް އެލާޓް ނެރެފި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
ދެކުނުގެ އަތޮޅުތަކަށް ވައިޓް އެލާޓް ނެރެފި!

 

ލިޔުނީ: ޒިދާން މުހައްމަދު

މޫސުން ގޯސްވެ، ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ރާއްޖޭގެ އެންމެ ދެކުނުގެ އަތޮޅުތަކަށް ވައިޓް އެލާޓް ނެރެފި އެވެ.

މެޓު އޮފީހުން ވައިޓް އެލާޓް ނެރެފައި ވަނީ، ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާ ދެމެދަށެވެ. މެޓު އޮފީހުން ބުނީ، ދެކުނުގެ އަތޮޅުތަކަށް ވައިޖެހޭނީ ހުޅަނގުއުތުރާއި އުތުރުން 5-15 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށާއި، އުތުރާއި އިރު އުތުރުން، އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 3-10 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށެވެ. އަދި މެދެތެރޭގެ އަތޮޅުތަކަށް ވައިޖެހޭނީ ގަޑިއަކު 13-20 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށް އެ އޮފީހުން ބުނެއެވެ.

މީގެ އިތުރުން، މެޓް އޮފީހުން ބުނީ، މެދު ރާއްޖ ފިޔަވާ އެހެން ހިސާބުތަކަށް އާދައިގެ ވަރަކަށް ކަނޑުތައް މަޑުވާނެ ކަމަށާއި، ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

 

މިއަދު އޮންލައިން