ލ. ގަން ފުޓްބޯޅަ ދަނޑު ކައިރީގައި ހުރި ހުއިތަކެއްގައި އަލިފާން ރޯވެއްޖެ

ކިޔުމަށް ހޭދަވާނީ 37ސ
ލ. ގަން ފުޓްބޯޅަ ދަނޑު ކައިރީގައި ހުރި ހުއިތަކެއްގައި އަލިފާން ރޯވެއްޖެ

ލ. ގަން ތުނޑީ އަވަށު ފުޓްބޯޅަ ދަނޑު ސަރަޙައްދުގައި ހުރި ހުއިތަކެއްގައި އަލިފާން ރޯވެއްޖެއެވެ.

 

އެމްއެންޑީއެފް އިން މައުލޫމާތު ދިން ގޮތުގައި ފުޓުބޯޅަ ދަނޑު ސަރަޙައްދުގައި ހުރި ހުއިތަކެއްގައި އަލިފާން ރޯވެގެން، އެއަލިފާންގަނޑު ނިއްވުމުގެ މަސައްކަތް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކައްދޫ ފަޔަރ ސްޓޭޝަނުން މިހާރު ދަނީ ކުރަމުންނެވެ.

 

މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމަށް ނުވާކަމަށް ވެސް އެމްއެންޑީއެފް އިން މައުލޫމާތު ދީފައިވެއެވެ.

 

އަޕްޑޭޓް (14:16): އަލިފާންގަނޑު އެއްކޮށް ވަނީ ކޮންޓްރޯލް ކުރެވިފައެވެ. މިހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިމަދު މެންދުރު 12:14 ގައި ކަމަށް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.

މިއަދު އޮންލައިން