12 މީހުންނާއެކު ގެއްލުނު "ޖަމްބޯ" ދޯނީގެ ޚަބަރެއް ވެއްޖެ

ކިޔުމަށް ހޭދަވާނީ 44ސ
12 މީހުންނާއެކު ގެއްލުނު "ޖަމްބޯ" ދޯނީގެ ޚަބަރެއް ވެއްޖެ

މަސްވެރިކަމަށް ފުރިފަހުން ޚަބަރެއް ނުވެގެން ހޯދަމުން ދިޔަ "ޖަމްބޯ" ދޯނީގެ ޚަބަރެއް ވެއްޖެ ކަމަށާއި 12 މީހުންނާއިއެކު ގެއްލިގެން ހޯދަމުން ދިޔަ އެދޯނީގެ ޚަބަރެއް މިއަދު ވެފައިވަނީ ލ. އަތޮޅު ތެރޭގައި އަދިވެސް މަސްވެރިކަން ކުރަމުން ދަނިކޮށް ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދީފިއެވެ. 

އެމްއެންޑީއެފް އިން ބުނިގޮތުގައި އެދޯނި ނުފެނިގެން ރިޕޯޓު ކޮށްފައިވަނީ އިއްޔެ ހެނދުނު 10:22 ގައި ކަމަށާއި އެއިރު އެދޯނި ގެއްލުނު ފަހުން ހަތް ދުވަސް ވެފައިވާ ކަމަށެވެ. 

ޖަމްބޯ ދޯންޏާއި ގުޅިފައިވަނީ މިއަދު މެންދުރުފަހު 14:29 ގައި ކަމަށާއި ދޯނީގައި ތިބި އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.

މިއަދު އެދޯންޏާއި ގުޅުމުގެ ކުރިން އެންމެ ފަހުން އެދޯނީގެ ޚަބަރެއް ވެފައިވަނީ ލ. އަތޮޅުން އެންދަމައިގެން ކަނޑަށް ނިކުތުމަށްފަހު ކަމަށް ވެސް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.

މިއަދު އޮންލައިން