ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި މަޖިލިސް އިންތިޚާބުގައި ހެންވޭރު ހުޅަނގު ދާއިރާއަށް ކުރިމަތިލުމަށް ނިންމާފައިވާ ޢާއިޝަތު ނާޒިމާގެ ކެންޕޭނު މިރޭ ފެށީ ވަރުގަދަ ވައުދަކާއިއެކުގައެވެ. ނާޒިމާގެ ވައުދަކީ މިފެށޭ 5 އަހަރުގެ ދައުރަށް ރައްޔިތުން އޭނާ އިންތިޚާބުކޮށްދީފިނަމަ ދެން އަންނަ 5 އަހަރަށް ރައްޔިތުން ނުކުމެ ދާއިރާގެ މަޖިލިސް މެންބަރަކަށް ބޭނުމީ ރާޒިމާ ކަމަށް ރައްޔިތުން ބުނާވަރަށް ރައްޔިތުންނަށް ޚިދުމަތް ކުރާނެ ކަމެވެ.
"ސިޔާސީ މައިދާނަށް އަޅުގަނޑު ނުކުތީ ފަހަރެއްގައިވެސް މުޒާހަރާތަކުގެ ކުރީ ސަފުގަ ނޫންނަމަ އެކިއެކި ކަންކަމުގަ އަޅުގަނޑުގެ ނަން އުފުލާކަށް ނޫން. އަޅުގަނޑު ނުކުތީ ރައްޔިތުންގެ ޚިދުމަތުގަ. އަޅުގަނޑު ހުންނާނީ ވެސް ރައްޔިތުންގެ ޚިދުމަތުގަ."
ނާޒިމާ ވިދާޅުވީ ރައްޔިތުން ފުރުޞަތު ދީފި ނަމަ އެންމެ ނިކަމެތި މީހާގެ ވެސް އެންމެ ގާތުގައި ހުންނަވާނެ ކަމަށެވެ.