ޤައިދީންނަށް ފަސޭހައިން ބޭސްފަރުވާ ކުރެވޭނެ އިތުރު ޚިދުމަތްތަކެއް އައިޖީއެމްއެޗުން ހަމަޖައްސައިދީފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
ޤައިދީންނަށް ފަސޭހައިން ބޭސްފަރުވާ ކުރެވޭނެ އިތުރު ޚިދުމަތްތަކެއް އައިޖީއެމްއެޗުން ހަމަޖައްސައިދީފި

ޖަލު ބަންދުގައި ތިބޭ ޤައިދީންނަށް ފަސޭހައިން ބޭސްފަރުވާ ކުރެވޭނެ އިތުރު ޚިދުމަތްތަކެއް އައިޖީއެމްއެޗުން ހަމަޖައްސައިދީފިއެވެ.

ރައިސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުކުރުމުގައި ބުނީ ޤައިދީން ސްޕެޝަލިސްޓުންނަށް ދެއްކުމަށް މިހާރު ކޮންމެ ދުވަހަކުވެސް ވަކި އަދަދަކަށް ނަމްބަރު ޚާއްޞަކޮށްފައިވާ ކަމަށެވެ. އަދި ޤައިދީން އެޑްމިޓކުރުމަށް ދެ ކޮޓަރި ޚާއްޞަކޮށްފައިވާ ކަމަށާއި އެތަންތަނުގެ ސެކިޔުރިޓީ ބަލަހައްޓާނީ ކްރެކްޗަނަލް ސަރވިސ އިން ކަމަށެވެ.

މިކަންކަމުގެ އިތުރުން ޖަލުގައި ބައްޔެއް ފެތުރިގެންދާނަމަ ޖަލަށް ސްޕެޝަލިސްޓުން ފޮނުވައިގެންވެސް ޚިދުމަތް ދޭނެ ކަމަށެވެ. "ޖަލުގައި ބަލިތައް ފެތުރެނީ އެއްގޮޅިއެއްގަ ގިނަ ބައަކަށް ތިބެން ޖެހިފައި ވުމާއި ވައި ލިބުން ކުޑަވުމާއި، އަދި ބަލިވުމުން ޑޮކްޓަރުންނަށް ދައްކައި ފަރުވާ ދިނުން ފަދަ މައްސަލަތައް ހުރުމުން. އެކަންކަން އިޞްލާޙް ކުރަން މިގެންދަނީ މަސައްކަތް ކުރަމުން. ޑޮކްޓަރަށް ދައްކަން ޖެހޭ މީހުން ދެއްކުން މިހާރު ލަހެއް ނުވާނެ. ދާނީ ދެއްކެމުން." ކަމަށްވެސް ބުނެފައިވެއެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވީ ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ އާއި ކަރެކްޝަނަލް ސަރވިސަސްގެ ސީޕީ މުނާޒް ޢާއި އައިޖީއެމްއެޗްގެ ސީއީއޯ ބަނަދު ސަލީމް އެވެ.

މިއަދު އޮންލައިން