ނައިބު ފައިޞަލް ނަސީމް، ނެޝަނަލް ޑްރަގް އެޖެންސީގެ މަސައްކަތްތައް ކުރިޔަށްދާގޮތް މިއަދު ބައްލަވައިލައްވައިފިއެވެ.
ނައިބު ރައީސް ނެޝަނަލް ޑްރަގް އެޖެންސީއަށް މިއަދު ހެނދުނު މި ކުރެއްވި ޒިޔާރަތުގައި އެމުޢައްސަސާގެ މަސައްކަތްތައް ކުރިއަށް ދާގޮތް ބައްލަވައިލައްވައި، އެ މުޢައްސަސާގެ މެނޭޖްމަންޓާ ބައްދަލުކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި ނެޝަނަލް ޑްރަގް އެޖެންސީގެ އިސްވެރިން ވަނީ މުޢައްސަސާއާ ބެހޭ ބައެއް މަޢުލޫމާތު ނައިބް ރައީސަށް އަރުވާފަވެއެވެ. އަދި މަސައްކަތްތައް ކުރިޔަށް ގެންދިޔުމުގައި ދިމާވާ ގޮންޖެހުންތަކާއި ބެހޭގޮތުންވެސް ނެޝަނަލް ޑްރަގް އެޖެންސީގެ ފަރާތުން ވަނީ ނައިބް ރައީސް މަޢުލޫމާތު ޙިއްޞާކުރައްވައިފައެވެ.