ފީނަން ފޭބި ފަތުރުވެރިއަކު ގެއްލިގެން ހޯދަނީ

ކިޔުމަށް ހޭދަވާނީ 31ސ
ފީނަން ފޭބި ފަތުރުވެރިއަކު ގެއްލިގެން ހޯދަނީ

"ނޯތުލެސް ކްރޫސާރ 2" ނަމަކަށް ކިޔާ ސަފާރީއަކުން ފީނަން ފޭބި ފަތުރުވެރިއެއް ގެއްލިގެން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް އިން ފަށައިފިއެވެ.

 

އެމްއެންޑީއެފުން ބުނިގޮތުގައި ވ. އަލިމަތަ އުތުރު ކަނޑުއޮޅިއަށް ފީނަން ފޭބި ފަހުން ފަތުރުވެެރިޔާގެ ހަބަރެއް ނުވެގެން ރިޕޯޓްކޮށްފައިވަނީ މިއަދު މެންދުރު 13:33 ހާއިރެވެ.

 

ގެއްލިފައިވަނީ ކޮން ޤައުމެއްގެ މީހެއްކަމެއް އަދި އެނގިފައި ނުވާ ކަމަށާއި ނަމަވެސް ގެއްލިގެން ހޯދަމުންދަނީ ފިރިހެނެއް ކަމަށް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.

 

މިމީހާ ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދަނީ އެމްއެންޑީއެފް މާލެ އޭރިއާގެ ސިފައިންނެވެ.

މިއަދު އޮންލައިން