ނައުޓިލަސް 2 ނަމަކަށް ކިޔާ ސަފާރީއެއްގައި، ފީނަން ގޮސް އުޅެނިކޮށް ގެއްލިގެން ހޯދަމުން ދިޔަ ފަތުރުވެރިޔާ މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
އެމްއެންޑީއެފް އިން މައުލޫމާތު ދީފައިވާ ގޮތުގައި އުމުރުން 57 އަހަރުގެ އެ ފިރިހެންމީހާ މަރުވެފައި އޮއްވާ ފެނިފައިވަނީ މޫދު އަޑިންނެވެ.
އޭނާގެ ހަށިގަނޑު ފެންމަތި ކުރުމަށް ކޯސްޓްގާޑުގެ ޑައިވަރުން މަސައްކަތް ކުރަމުންދާއިރު، އެމީހާގެ ހަށިގަނޑު ފެނިފައިވަނީ މިއަދު ހަވީރު 16:26 ހާއިރު ކަމަށް ވެސް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.
އެމީހާގެ ހަށިގަނޑު ފެނިފައިވަނީ، އޭނާ ގެއްލިގެން ހޯދަމުން ދަނިކޮށް އެރިސޯޓުގެ ޑައިވަރުންނާއި އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުން ކުރި މަސައްކަތުންނެވެ.