މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ބީއެމްއެލް އަށް 277 މިލިޔަންގެ ފައިދާއެއް!

ކިޔުމަށް ހޭދަވާނީ 43ސ
މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ބީއެމްއެލް އަށް 277 މިލިޔަންގެ ފައިދާއެއް!

ލިޔުނީ: ޒިދާން މުހައްމަދު

މިދިޔަ އަހަރުގެ ފަހު ކުއާޓަރު (އަހަރުގެ ފަހުތިންމަހުގައި) ދިވެހިރާއްޖޭގެ ޤައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ލިބުނު ފައިދާގެ އަދަދު 277 މިލިޔަން ދިވެހި  ރުފިޔާއަށް އަރައިފިއެވެ.

އެ ބޭންކުން ހާމަކޮށްފައިވާ މައުލޫމާތުތަކާއި، ތަފާސް ހިސާބުތަކުން ދައްކާގޮތުގައި 2018 ވަނަ އަހަރުގެ ފަހު ތިންމަހު ނުވަތަ ފަހު ކުއާޓަރުގައި ލިބުނު ފައިދާ ވަނީ މިދިޔަ އަހަރުގެ 3 ވަނަ ކުއާޓަރާ އަޅާ ބަލާއިރު ތިން ޕަސެންޓް އިތުރުވެފަ އެވެ. ތިން ވަނަ ކުއާޓަރުގައި ބޭންކަށް ލިބިފައިވަނީ 269 މިލިއަން ރުފިޔާގެ ފައިދާއެކެވެ. އެހެން ކަމުން، ފަހު ކުއާޓަރުގައި އިތުވެފައި ވަނީ 8 މިލިއަން ދިވެހި ރުފިޔާގެ ފައިދާއެވެ. 

ފަހު ކުއާޓަރުގެ ފައިދާ އެ ކުންފުނިން އާއްމުކުރި އިރު، މުޅި އަހަރު އެ ކުންފުންޏަށް ލިބުނު ސާފު ފައިދާގެ އަދަދު އަދި ހާމަކޮސްފައި ނުވެއެވެ.

މިއަދު އޮންލައިން