މަސްވެރިކަން ކުރަން އުޅުނު މީހެއްގެ ހާލު ދެރަވެގެން ގަމު ހޮސްޕިޓަލަށް ގެންގޮސްފި

ކިޔުމަށް ހޭދަވާނީ 52ސ
މަސްވެރިކަން ކުރަން އުޅުނު މީހެއްގެ ހާލު ދެރަވެގެން ގަމު ހޮސްޕިޓަލަށް ގެންގޮސްފި

ލ.ހިތަދޫގެ ދެކުނުން 24 ނޯޓިކަލް މޭލު ބޭރުގައި މަސްވެރިކަން ކުރަން އުޅުނު "މާވެހި" ނަމަކަށްކިޔާ ދޯންޏެއްގައި ހުރި މީހަކު ހާލު ދެރަވެގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ އެހީތެރިކަމާއެކު ލ.ގަމު ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްދީފިއެވެ.

 

އެމްއެންޑީއެފް އިން ބުނިގޮތުގައި އެމީހާގެ ހާލު ދެރަވެގެން އުޅޭކަމުގެ މަޢުލޫމާތު، މިއަދު 09:00 ހާއިރު އެމްއެންޑީއެފް ސެންޓްރަލް އޭރިއާއަށް ލިބުމާއެކު ކޯސްޓްގާޑްގެ އުޅަނދެއްވަނީ އެ ދޯނި އޮތް ސަރަހައްދަށް ދިއުމަށް ފުރިއެވެ.

 

އުމުރުން 45 އަހަރުގެ މި ފިރިހެން މީހާ އަވަސް ފަރުވާއަށް ލ.ގަމު ރީޖަނެލް ހޮސްޕިޓަލަށް ގެންގޮސްދީފައިވަނީ މިމީހާގެ މެއަށް ތަދެއް އަރައިގެން ނޭވާލުމަށް އުނދަގޫވެ، އެމްއެންޑީއެފްގެ އެހީތެރިކަމަށް އެ ދޯނިން އެދުމުންނެވެ.

 

ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ އެހީތެރިކަމާއެކު މިއަދު 11:30 ހާއިރު އެމީހާ ވަނީ ލ.ގަމު ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްދީފައެވެ.

މިއަދު އޮންލައިން