މިދިޔަ މަހު 25 ގައި މަހަށް ފުރި "ޔުނިޓީ" ދޯނި ގެއްލިގެން ހޯދަނ

ކިޔުމަށް ހޭދަވާނީ 39ސ
މިދިޔަ މަހު 25 ގައި މަހަށް ފުރި "ޔުނިޓީ" ދޯނި ގެއްލިގެން ހޯދަނ

މިދިޔަ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހު ހއ. ފިއްލަދޫ އިން މަހަށް ފުރި "ޔުނިޓީ" ނަމަކަށް ކިޔާ ދޯންޏެއްގެ ޚަބަރެއް ނުވެގެން ހޯދުމުގެ މަސައްކަތް އެމްއެންޑީއެލް އިން ފަށައިފިއެވެ.

 

ގެއްލިގެން އުޅޭ މިދޯނީގައި މަހަށް ފުރީ 13 މީހުން ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

 

އެމްއެންޑީއެފް އިން މައުލޫމާތު ދިން ގޮތުގައި، "ޔުނިޓީ" ދޯނީގެ ޚަބަރެއް ނުވެގެން ރިޕޯޓު ކޮށްފައިވަނީ އިއެްޔެ މެންދުރުފަހު 14:10 ގައެވެ. އެދޯނި މިދިޔަ އަންގާރަ ދުވަހު ހއ. ކެލާ އާއި ދިމާލު ބޭރުގައި މަސްވެރިކަން ކުރަން އުޅުނު ކަމަށް ވެސް އެމްއެންޑީއެފް އިން ބުނެފައިވެެއެވެ.

 

ޔުނިޓީ ދޯންޏަކީ ދިގުމިނުގައި 30 މީޓަރު ހުރި އަދި ބޭރުގައި ގަދަ ނޫ ކުލައިގެ ދަވާދު ލާފައިވާ އަދި ހުދު ކުލައިގެ ގެގަނޑެއް ލާފައިވާ ދޯންޏެކެވެ.

މިއަދު އޮންލައިން