އިންޖީނު ހުއްޓުނު ދޯންޏަކަށް އެމްއެންޑީއެފް އިން އެހީތެރިކަން ފޯރުކޮށްދީފި

ކިޔުމަށް ހޭދަވާނީ 34ސ
އިންޖީނު ހުއްޓުނު ދޯންޏަކަށް އެމްއެންޑީއެފް އިން އެހީތެރިކަން ފޯރުކޮށްދީފި

ލ.ފޮނަދޫއިން ފުރައިގެން މާލެ ދަތުރުކުރި "އަރަފާ އެކްސްޕްރެސް" ބޯޓު އިންޖީނު ހުއްޓިގެން އެމްއެންޑީއެފް  މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

މި ހާދިސާގެ ރިޕޯޓު ރޭ 21:25 އެމްއެންޑީއެފް ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބުމާއެކު ސިފައިން ވަނީ ހަރަކާތްތެރިވާން ފަށާފައެވެ.މި ހާދިސާގައި އިންޖިނު ހުއްޓުނު ބޯޓުގައި ތިބި 21 މީހުންގެ ތެރެއިން 13 މީހަކު ވަނީ އެމްއެންޑީއެފް ކޯސްޓްގާޑުގެ ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް ވެލާނާގައި ރޭ 00:30 ހާއިރު ވަނީ މާލެ ގެނެސްފައެވެ.

މިއަދު އޮންލައިން