ހެލިކޮޕްޓަރު ދުއްވަން ތިބި އިންޑިއާ ސިފައިންގެ ނުރައކާތެރިކަމަށްވުރެ ގޭ ދޮރުމަތީގައި ތިބި ގޮތް ނުއެނގޭ މީހުންގެ ނުރައްކައުތެރިކަން މާ ބޮޑު: އެމްއެންޑީއެފް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
ހެލިކޮޕްޓަރު ދުއްވަން ތިބި އިންޑިއާ ސިފައިންގެ ނުރައކާތެރިކަމަށްވުރެ ގޭ ދޮރުމަތީގައި ތިބި ގޮތް ނުއެނގޭ މީހުންގެ ނުރައްކައުތެރިކަން މާ ބޮޑު: އެމްއެންޑީއެފް

އިންޑިއާއިން ދީފައިވާ 2 ހެލިކޮޕްޓަރު ދުއްވަން ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ކިބައިން ކުރިމަތިވެދާނެ ނުރައްކާތެރިކަމަށްވުރެ ދިރިއުޅޭ ގޭގެ ދޮރުމަތީގައި ތިބި ގޮތް ނުއެނގޭ މީހުންގެ ނުރައްކައުތެރިކަން ޤައުމީ ސަލާމަތަށް މާ ބޮޑު ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ. 

މިމޭރުމުން ވިދާޅުވެފައި އެވަނީ ރާއްޖޭގައި ހުރުމުގެ ވިސާއެއް، ހުއްދައެއް ނެތި، އަދި އަމިއްލަ ޕާސްޕޯޓްވެސް އަތުގައި ނެތި އެއީ ކާކުކަން ދެނެ ގަނެވޭނެ ގޮތެއްވެސް ނެތް ލައްކައަކަށްވުރެ ގިނަ ބިދޭސީން ރާއްޖޭގައި އުޅެމުންދާ މައްސަލައަށް އިޝާރާތް ކުރައްވައިކަން ފާހަގަކުރެވެއެވެ. 

ކޯސްޓް ގާޑް ބިލްޑިންގގައި މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ އިންޑިއާއިން ބޭނުންވީ ހެލިކޮޕްޓަރުތައް އެމްއެންޑީއެފަށް ހަދިޔާކުރަން ކަމަށާއި ނަމަވެސް އެކަން ޤަބޫލުނުކޮށް ހެލިކޮޕްޓަރުތައް ދުއްވުމުގައި އިންޑިއާގެ އެހީތެރިކަމަށް ސަރުކާރުން އެދުނީ އެ ގޮތް ފައިދާ ބޮޑުވުމުން ކަމަށެވެ. 

އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި 2 ހެލިކޮޕްޓަރު ދުއްވުމުގެ ކަންކަމުގައި ރާއްޖޭގައި މިހާރު ތިބި އިންޑިއާ ސިފައިންގެ ސީދާ އަދަދު ހާމަކޮށްފައެއްނުވެއެވެ. ނަމަވެސް ހެލިކޮޕްޓަރު ދުއްވުމުގެ އޮޕަރޭޝަނަކަށް 30 ވަރަކަށް މީހުން ބޭނުންވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ. 

ވިދާޅުވީ އިމަރޖެންސީކޮށް އުފުލަން ޖެހޭ ބަލި މީހުން އުފުލުމުގައި ހެލިކޮޕްޓަރުން ދަނީ ވަރަށް މުހިންމު ދައުރެއް އަދާކުރަމުން ކަމަށެވެ. ކަމެއް ދިމާވުމުން މަތިންދާ ބޯޓެއްގައި އުފުލުމަށް އިދާރީ ގޮތުން ވެސް ގިނަ ކަންތައްތަކެއް ކުރަން ޖެހޭ ކަމަށާއި އާސަންދަވެސް ލިބެން ޖެހޭ ކަމަށެވެ. ނަމަވެސް ހެލިކޮޕްޓަރުގައި އުފުލައިދޭއިރު މިފަދަ އެއްވެސް މަރުހަލާއެއް ފުރިހަމަކުރަން ނުޖެހޭ ކަމަށެވެ.

އިންޑިއާއިން ހަދިޔާކުރި 2 ހެލިކޮޕްޓަރު ރާއްޖޭގައި ދުއްވަނީ އެއަށް އަޅާ ތެލާއި މެއިންޓަނޭންސާއި ބާއްވާނެ ހެނގަރާއި ހުރިހާ ޚަރަދެއް އިންޑިއާއިން ދީގެންނެވެ.

މިއަދު އޮންލައިން