ރަންގަލި ފަރަށް ފީނަން ފޭބި ޒުވާނަކު ގެއްލިގެން ހޯދަނީ

ކިޔުމަށް ހޭދަވާނީ 31ސ
ރަންގަލި ފަރަށް ފީނަން ފޭބި ޒުވާނަކު ގެއްލިގެން ހޯދަނީ

ބ. އެނބޫދޫ ރަންގަލި ފަރަށް ފީނަން ފޭބި ޒުވާނަކު ގެއްލިގެން، ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް އިން ފަށައިފިއެވެ.

 

އެމްއެންޑީއެފް އިން ބުނިގޮތުގައި ގެއްލިގެން ހޯދަމުންދަނީ ބ. ތުޅާދޫ ފޮނިލުނބޯގޭ ޔާފިއު ޙުސެއިން (20އ.) އެވެ.

 

އޭނާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފްގެ ޑައިވަރުންނާއި، ފިނޮޅު ރިސޯޓުގެ ތިން ޑައިވަރަކާއި ކޮކޯ ޕާލް ރިސޯޓުގެ ޑައިވަރަކާއި އަދި ވަކަރު ރިސޯޓުގެ ޑައިވަރުން ތަކެއް ވެސް ކުރަމުންދާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

 

މިހާދިސާގެ ރިޕޯޓު އެމްއެންޑީއެފް އަށް ލިބިފައިވަނީ މިއަދު މެންދުރުފަހު 15:47 ގައެވެ.

 

 

މިއަދު އޮންލައިން