ގެއްލުނު ޒުވާނާ ނިޔާވެފައި އޮއްވާ ފެނިއްޖެ!

ކިޔުމަށް ހޭދަވާނީ 1މ 3ސ
ގެއްލުނު ޒުވާނާ ނިޔާވެފައި އޮއްވާ ފެނިއްޖެ!

ބ. ރަންގަލި ފަރަށް ފީނަން ގޮސް އުޅެނިކޮށް ގެއްލިގެން ހޯދަމުން ދިޔަ ޒުވާނާ ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.

 

ފީނަން ގޮސް އުޅެނިކޮށް ގެއްލިގެން ހޯދަމުން ދިޔައީ ބ. ތުޅާދޫ ފޮނިލުނބޯގޭ ޔާފިއު ޙަސަން (20އ.) އެވެ. އޭނާ ގެއްލިގެން ރިޕޯޓު ކޮށްފައިވަނީ މިއަދު މެންދުރުފަހު 15:47 ހާއިރެވެ.

 

އެންއެންޑީއެފް އިން މައުލޫމާތު ދިން ގޮތުގައި ޔާފިއު ގެ ހަށިގަނޑު ފެނިފައިވަނީ އޭނާ ހޯދުމުގެ މަސައްކަތުގައި ބައިވެރިވި ވަކަރު ރިސޯޓުގެ ޑައިވަރުންނަށެވެ. ހަށިގަނޑު ފެނިފައިވަނީ 30 މީޓަރު އަޑިން ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

 

ޔާފިއުގެ ހަށިގަނޑު ތުޅާދޫ އަށް ގެންދިޔުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެމްއެންޑީއެފް އިން މައުލޫމާތު ދީފައިވެއެވެ.

 

ޔާފިއުގެ ފުރާނައަށް މާތް ﷲ سُبْحَانَهُ وَ تَعَالَى ބަރަކާތްލައްވާ، އަދި އާއިލާއަށް ކެތްތެރިކަން ދެއްވާށި! އާމީން.

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ

މިއަދު އޮންލައިން