ރޮބިންސަން ރިސޯޓުގައި މޫދަށް އެރި އުޅުނު ޗައިނާ ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެ!

ކިޔުމަށް ހޭދަވާނީ 22ސ
ރޮބިންސަން ރިސޯޓުގައި މޫދަށް އެރި އުޅުނު ޗައިނާ ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެ!

ނ. އަތޮޅުގައި ތަރައްޤީ ކޮށްފައިވާ ރޮބިންސަން ރިސޯޓުގައި މޫދަށް އެރި އުޅުނު ޗައިނާ ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެއެވެ.

 

ފުލުހުންގެ މީޑިއާ އޮފިޝަލު މައުލޫމާތު ދީފައިވާ ގޮތުގައި ގެނބިގެން މަރުވެފައިވަނީ އުމުރުން 45 އަހަރުގެ ޗައިނާ ފިރިހެނެކެވެ.

 

މީގެ ކުޑައިރުކޮޅެއް ކުރިން އެމީހާގެ ހަށިގަނޑު މަނަދޫ ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު، އޭނާ އެހޮސްޕިޓަލަށް ގެންދިޔައިރުވެސް ވަނީ މަރުވެފައިކަމަށް އެހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ބުނެފައިވެއެވެ.

މިއަދު އޮންލައިން