އއ.ތޮއްޑޫ ހެލްތު ސެންޓަރުގައި ފަރުވާދެމުންދިޔަ ހާލުބޮޑު ބަލި މީހަކު އެމްއެންޑީއެފް ހެލިކޮޕްޓަރުގެ އެހީގައި މިއަދު މާލެ ގެނެސްދީފިއެވެ.
މިއަދު ހެނދުނު 08:30 ހާއިރު މާލެ ގެނެސްފައިވަނީ އުމުރުން 59 އަހަރުގެ އަންހެނެކެވެ. މި މީހާ މާލެ ގެނެސްފައި ވަނީ ޞިއްޙީ އިތުރު އަވަސް ފަރުވާއަށް މާލެ ގެންދިއުމަށް އއ.ތޮއްޑޫ ހެލްތު ސެންޓަރުން އެ މީހާ ބެއްލެވި ޑޮކްޓަރުން ލަފާ ދެއްވުމާއި އެކުއެވެ.
މި މީހާ މިހާރު ވަނީ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްދީފައެވެ.