އައްޑޫ ސިޓީ އިސްމެހެލަ ހެރަ ރިސޯޓު ކައިރީގައި މަސްވެރިކަން ކުރަން އުޅުނު ބޮއްކުރާއެއް ބަންޑުން ޖަހާލައިފި

ކިޔުމަށް ހޭދަވާނީ 42ސ
އައްޑޫ ސިޓީ އިސްމެހެލަ ހެރަ ރިސޯޓު ކައިރީގައި މަސްވެރިކަން ކުރަން އުޅުނު ބޮއްކުރާއެއް ބަންޑުން ޖަހާލައިފި

އައްޑޫ ސިޓީ މީދޫ އާއި އިސްމެހެލާ އާއި ދެމެދުގައި އޮންނަ ކެނަލް އިން ވަންނަން އުޅެނިކޮށް ބޮއްކުރާއެއް ބަންޑުން ޖަހާލައިފިއެވެ. އެމްއެންޑީއެފް އިން މައުލޫމާތު ދިން ގޮތުގައި އެބޮއްކުރާ ބަންޑުން ޖަހާލީ އިސްމެހެލާގެ އިރު އުތުރު ފަރާތުން މަސްވެރިކަން ކުރަން އުޅެނިކޮށެވެ.

 

މިމައްސަލަ ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ މިއަދު ހެނދުނު 9:44 ހާއިރެވެ.

 

ބޮއްކުރާ ބަންޑުން ޖަހާލިއިރު އޭގައި ތިބީ އުމުރުން 57 އަހަރުގެ ފިރިހެނަކާއި 56 އަހަރުގެ ފިރިހެނެއް ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ. އެދެމީހުންނަކީ ވެސް ދިވެހިންނެވެ. ދެ މީހުން ސަލާމަތް ކުރީ އާންމު މީހެއްގެ ޑިންގީއަކަށް ނަގައިގެން، އެމީހުންގެ އެހީތެރިކަމާއެކު ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

 

ދެ މީހުންގެ ހާލު ވެސް ރަނގަޅު ކަމަށާއި ސީރިއަސް އަނިޔާއެއް ލިބިފައިނުވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މިއަދު އޮންލައިން